Ads by Aqeeqa Maldives

ޚަބަރު

ދެކެން ބޭނުންވަނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވެފައިވާ މުޖުތަމައުއެއް :ރައީސް މުޢިއްޒު

ދެކެން ބޭނުންވަނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވެފައިވާ މުޖުތަމައުއެއް :ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 މޭ 2025، 10:40

04 މޭ 2025، 10:40

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ވަނީ ދުންފަތުގެ އިސްތިޢުމާލުން އެއްކިބާވެފައިވާ މުޖުތަމަޢެއް އުފެއްދުމަކީ  އެމަނިކްފާން ދެކެންބޭނުންވާ ދުވަހެއްކަމުގައި ވިދާޅުވެފައެވެ . މިފަދައިން ރައީސް ވިދާޅުވެފައިވަނީ އިއްޔެ ބޭއްވުނު 15 ގަޑިއިރުގެ ތާރީޚީ ޕްރެސް ކޮންފަރެންސްގައި، "ފަރުދުން" މީޑިއާގެ ފަރާތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެންނަކީ ގައިން ގަޔަށް ނާރާ ބަލިތައް ޖެހޭ ސަބަބުތަކަށް ހޭލުންތެރިވެފަ ތިބި އެކަންކަމުން ދުރުވެފަ ތިބި ބަޔަކަށްހަދަން

ރައީސް މުޢިއްޒު

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މައިގަނޑު ގޮތެއްގަ 80 އިންސައްތަ މީހުންނަށް އެބަލިތަށް ޖެހެނީ ދުންފަތުގެ އިސްތިއުމާޅު ކޮށްގެން ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، "އަޅުގަނޑުދެކެން ބޭނުންވާ ދުވަހަކީ އަޅުގަނޑުމެންގެ އަމިއްލަ އިޚްތިޔާރުގަ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވެފަ އޮތް މުޖުތަމައަކަށް މިމުޖުތަމައުވާން."

ރައީސް ފާހަގަކުރެއްވި ގޮތުގައި ޖެނެރޭޝަނަލް ބޭންގެ ސަބަބުން 18 އަހަރުން ފެށިގެން މަތީގެ އުމުރުފުރައިގެ މީހުންނަށް ދުންފަތުގެ އިސްތިޢުމާލު މަނާކުރުމަކީ މިކަން ހައްލުކުރެވޭނެ ކަމެކެވެ. ސަބަބަކީ މިހާރުވެސް އާބާދީގެ 30 އިންސައްތައަށްވުރެން ގިނައީ 18 އަހަރުން މަތީ މިއުމުރުފުރައިގެ ކުދިންކަމަށާއި  ވަރަށް ބޮޑު އާބާދީއެއް މިކަމުގެ ތެރެއަށް މިވަބާގެ ތެރެއަށް ނުގޮސް ހިފެހެއްޓޭނެ ކަމަށެވެ.

މީގެ އިތުރުން، ވޭޕް ބޭނުންކުރުން ހުއްޓުވުމާއި، ސިގިރެޓުގެ އަގު ބޮޑުކުރުމަކީވެސް މުހިންމު ފިޔަވަޅުތަކެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވެފައިވަނީ ވޭޕް ބޭނުންކުރުން ހުއްޓުވުމާ ސިގިރޭޓް އަގުބޮޑުވުމުގެ ސަބަބުން އަމިއްލައަށް ހުއްޓާލާމީހުންވެސް ވަރަށް ގިނަ ކަމަށެވެ.

ކުޑަކޮށްއަޅުގަނޑު ދެކެ ރުޅީއައިސްގެންވެސް ހުއްޓާލާއެބަ، އުފާކުރަން އެކަމާ ، އަޅުގަނޑަށް އޯކޭ އަޅުގަނޑުދެކެ ރުޅިއަޔަސް އެކަމުން ދުރުވަންޏާ އެހެންވީމަ އެއީ ދެކެން ބޭނުންވަނީ ސިގިރޭޓް ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވެފައިވާ މުޖުތަމައުއެއް

ރައީސް މުޢިއްޒު


މި ލިޔުން ކިޔާލުމުން

Ads by MSS