ދުނިޔެ

ލަންކާގައި ދިން ބަޑީގެ ހަމަލާއެއްގައި މީހަކު މަރުވެއްޖެ

ލަންކާގައި ދިން ބަޑީގެ ހަމަލާއެއްގައި މީހަކު މަރުވެއްޖެ

ސްރީލަންކާގައި ގޭންގު ކުށްތައް ވަނީ އިތުރުވެފައި، ފައިލް ފޮޓޯ

04 މޭ 2025، 10:23

އަވަށްޓެރި ސްރީލަންކާގެ ރެސްޓޯރެންޓެއްގެ ތެރޭގައި ދިން ބަޑީގެ ހަމަލާއެއްގައި މީހަކު މަރުވެއްޖެއެވެ.

ރޭ ހިނގި މި ހާދިސާއަކީ ވެރިރަށް ކޮލަމްބޯއާ 100 ކިލޯމީޓަރު ދުރުގައި އޮންނަ މީޓިޔާގޯޑާގައި ހިނގި ހާދިސާއެކެވެ. މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 46 އަހަރުގެ ފިރިހެނެކެވެ. މީގެ އިތުރުން، 52 އަހަރުގެ މީހަކަށް ސީރިއަށް އަނިޔާތަކެއް ވެފައިވާކަމަށް، އެ ޤައުމުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ސްރީލަންކާގެ ޕޮލިހުން ހާމަކޮށްފައިވާ ގޮތުގައި، މިއީ ޓީ56 އެސޯލްޓް ރައިފަލެއް ބޭނުންކޮށްގެން ދިން ހަމަލާއެކެވެ. އަދި ބަޑިޖަހާފައިވަނީ ރެސްޓޯރެންޓަށް ސައިކަލެއްގައި ބަޑި ހިފައިގެން ދިޔަ ދެ މީހެއްކަމަށް ވެސް ޕޮލިހުން ހާމަކޮށްފައިވެއެވެ.

ގޭންގު ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ލަންކާގައި އޮޕަރޭޝަންތައް ވަރުގަދަކޮށްފައިވާއިރު ވާދަވެރި ގޭންގުތަކުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކުގައި ބަޑީގެ ހަމަލާތައް ދިނުން އިތުރުވެފައިވާކަމަށް ފުލުހުން ބުނެއެވެ. ސްރީލަންކާގައި މި އަހަރުގެ މިހާތަނަށް ބަޑި ޖެހުމުގެ ވިއްސަކަށް ހާދިސާއެއް ހިންގާފައިވާއިރު އެތައްބަޔަކު އެ ހަމަލާތަކުގައި މަރުވެފައިވެއެވެ.

ސްރީލަންކާގައި ގާތްގަނޑަކަށް 1،400 މީހުން ހަރަކާތްތެރިވާ 57 ގޭންގެއް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS