ދުނިޔެ

ކެންސަރަކީ "ބިރުވެރި" އަދި "ބައެއް ފަހަރު ފިނޑިކަން ގެނުވާ" އިންސާނިއްޔަތުކަމުގެ އެންމެ ރީތި ސިފަތައް ފެންނަ ތަޖުރިބާއެއް : ކިންގް ޗާރލްސް

ކެންސަރަކީ "ބިރުވެރި" އަދި "ބައެއް ފަހަރު ފިނޑިކަން ގެނުވާ" އިންސާނިއްޔަތުކަމުގެ އެންމެ ރީތި ސިފަތައް ފެންނަ ތަޖުރިބާއެއް : ކިންގް ޗާރލްސް

އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 މޭ 2025، 06:08

01 މޭ 2025، 06:08

އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް ވަނީ އެމަނިކުފާނުގެ ކެންސަރުގެ ބަލީގެ ތަޖުރިބާއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. ބުދަ ދުވަހު ބަކިންގަމް ޕެލަސްގައި ބޭއްވުނު ކެންސަރު ބަލީގެ ސަޕޯޓް ޖަމްޢިއްޔާތަކުގެ ބައްދަލުވުމެއްގައި ރަސްގެފާނު ވިދާޅުވީ ކެންސަރަކީ "ބިރުވެރި" އަދި "ބައެއް ފަހަރު ފިނޑިކަން ގެނުވާ" ތަޖުރިބާއެއް ކަމަށެވެ.

"ކެންސަރު ބަލީގެ ތަފާސްހިސާބުތަކުގައި ހިމެނޭ މީހެއްގެ ހައިސިއްޔަތުން، އަހަރެންނަށް ޔަގީންކަމާއެކު ދަންނަވާލެވޭނީ މިއީ އިންސާނިއްޔަތުކަމުގެ އެންމެ ރީތި ސިފަތައް ފެންނަ ތަޖުރިބާއެއްކަން،" ރަސްގެފާނު ވިދާޅުވިއެވެ.

ރަސްގެފާނަށް ކެންސަރު ޖެހިފައިވާކަން ދެނެގަތީ މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ. އޭގެ ސަބަބުން އެމަނިކުފާނު ވަނީ ކުޑަ މުއްދަތަކަށް ޢާންމު ހަރަކާތްތަކުން މަޑުޖައްސަވާލައްވާފައެވެ. ނަމަވެސް 2024 ވަނަ އަހަރުގެ އޭޕްރީލް މަހު އެމަނިކުފާނު ވަނީ އަނބުރާ މަސައްކަތްޕުޅުތަކަށް ނުކުމެވަޑައިގެންފައެވެ.

ރަސްގެފާނުގެ ދަނބިދަރިކަލުން، ކެތަރިން ޕްރިންސެސް އޮފް ވޭލްސް އަށްވެސް ވަނީ މިދިޔަ އަހަރު ކެންސަރު ޖެހިފައިވާކަން އިޢުލާނުކުރައްވާފައެވެ. އަދި ފަރުވާ ހޯއްދެވުމަށްފަހު މިދިޔަ ސެޕްޓެމްބަރު މަހު އެކަމަނާ ވިދާޅުވެފައިވަނީ "ކެންސަރުން ސަލާމަތްވެ ތިބުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންދާ" ކަމަށެވެ.

ރަސްގެފާނު ޗާލްސް ވަނީ ކެންސަރު ބަލީގެ ފަރުވާގެ ސަބަބުން ކުޑަ މުއްދަތަކަށް ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައި ބޭއްވިފައެވެ. ނަމަވެސް އޭގެ ފަހުން އެމަނިކުފާނުގެ ޙާލު ރަނގަޅުވެފައިވާކަމަށް ބުނެފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS