Ads by Aqeeqa Maldives

ޚަބަރު

އައި.ޖީ.އެމް.ހޮސްޕިޓަލުގެ ނިއުބޯން އައި.ސީ.ޔޫއިން ގިނަ ބާވަތުގެ އެންޓިބަޔޮޓިކަށް ނުގުޑާ ބެކްޓީރިއާ ފެނިއްޖެ

އައި.ޖީ.އެމް.ހޮސްޕިޓަލުގެ ނިއުބޯން އައި.ސީ.ޔޫއިން ގިނަ ބާވަތުގެ އެންޓިބަޔޮޓިކަށް ނުގުޑާ ބެކްޓީރިއާ ފެނިއްޖެ

އައިޖީއެމް ހޮސްޕިޓަލް ފޮޓޯ: އައިޖީއެމް ހޮސްޕިޓަލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 މޭ 2025، 05:41

01 މޭ 2025، 05:41

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް)ގެ ނިއުބޯން އިންޓެންސިވް ކެއަރ ޔުނިޓް (އެން.އައި.ސީ.ޔޫ)ގައި ފަރުވާ ދެމުންދާ ނާޒުކު ހާލަތުގައިވާ ކުޑަކުދިންގެ ތެރެއިން މަދު އަދަދެއްގެ ކުދިންގެ ކިބައިން ބޭހަށް ދެކޮޅުހަދާ ބެކްޓީރިއާ (މަލްޓި-ޑްރަގް ރެސިސްޓަންޓް އޯގަނިޒަމްސް - އެމް.ޑީ.އާރް.އޯ) ފެނިފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ހާމަކޮށްފިއެވެ.

ހޮސްޕިޓަލުން ބުނީ ނާޒުކު ހާލަތުގައި ތިބޭ ބަލިމީހުންނަށް ފަރުވާދޭ ތަންތަނުގައި، ޚާއްޞަކޮށް ނާޒުކު ހާލަތުގައި ތިބޭ ބަލިމީހުންގެ މެދުގައި މިފަދަ އިންފެކްޝަންތައް ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މި ހާލަތު ފާހަގަކުރެވުމާއެކު، ވަގުތުން އިންފެކްޝަން ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.



ހޮސްޕިޓަލުން ބުނެފައިވަނީ މިހާރު މި ހާލަތު ވަނީ އެކަށީގެންވާ ގޮތެއްގައި ކޮންޓްރޯލް ކުރެވިފައި ކަމަށެވެ. އަދި އިތުރަށް ފެތުރޭ ކަން ނުފެންނަ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް ހުރިހާ ބަލިމީހުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ އަޅަމުންކަމަށް ހޮސްޕިޓަލުން ހާމަކުރެއެވެ.

އިތުރު ތަފްސީލު އަންނަނީ .....
                    

މި ލިޔުން ކިޔާލުމުން

Ads by MSS