Ads by Aqeeqa Maldives

ޚަބަރު

ބަޔޯމެޓްރިކް އަދާހަމަނުކުރާ ބިދޭސީން ގެންގުޅޭ ފަރާތްތައް ބްލޮކްކުރަން ފަށަނީ

ބަޔޯމެޓްރިކް އަދާހަމަނުކުރާ ބިދޭސީން ގެންގުޅޭ ފަރާތްތައް ބްލޮކްކުރަން ފަށަނީ

ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުން ފޮޓޯ: އިމިގްރޭޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 މޭ 2025، 04:52

01 މޭ 2025، 04:52

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކް މަޢުލޫމާތު އަދާހަމަކޮށްފައިނުވާ ފަރާތްތައް ގެންގުޅޭ ވަޒީފާދޭ ފަރާތްތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ސިސްޓަމްގެ ތެރެއިން ބްލޮކް ކުރަން ފަށާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިޙްސާން ވިދާޅުވީ، ބިދޭސީން ޤާނޫނާއި ޤަވާއިދުގެ ތެރެއަށް ގެނައުމަށް މިދިޔަ އަހަރުން ފެށިގެން ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށާއި، އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 150,000 ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު އެއްކޮށްފައިވާ ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ ކަމަށާއި، ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމި، ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް ނިމުމަކާ ގާތްވެފައިވާ ކަމަށެވެ. އަދި ތިންވަނަ ފިޔަވަހީގައި މަޢުލޫމާތު ހޯދާފައިވާ ބިދޭސީން ޤަވާއިދުގެ ތެރެއަށް ވެއްދުމަށް މަގުފަހިކޮށްދެމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

ބިދޭސީންނަށް ވަޒީފާ ދިނުމަށްފަހު އިހުމާލުވާ ފަރާތްތައް 50,000 ރުފިޔާއިން ޖޫރިމަނާކުރަން ފަށާނެ ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ. އަދި ބިދޭސީންގެ ބަޔޯމެޓްރިކްސް އަދާހަމަކުރުމުގެ ފުރުޞަތު މިދިޔަ މަހުގެ ނިޔަލަށް ހަމަވެފައިވާ ކަމަށާ ކަމަށާއި، މިހާތަނަށް ބަޔޯމެޓްރިކްސް އަދާހަމަނުކުރާ ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ހުރިހާ ފަރާތްތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ސިސްޓަމްގެ ތެރެއިން ބްލޮކް ކުރަން ފަށާނެ ކަމަށް ވިދާޅުވިއެވެ.

ވަޒީރު އިޙްސާން އިތުރަށް ވިދާޅުވީ، ބިދޭސީންގެ މައްސަލައަށް 3 އަހަރުދުވަހުގެ ތެރޭގައި ހައްލު ގެނައުމަކީ އަމާޒެއް ކަމަށާއި، މިކަން ހާސިލްކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. މީގެ ތެރޭގައި ބޯޑަރު ހުރަސްކޮށް އަންނަ ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ފިންގަރ ޕްރިންޓް ކަށަވަރު ކުރަން ފެށުމާއި، ގިނަ އަދަދެއްގެ މަސައްކަތެރިން ގެންގުޅޭ މީހުންނަށް ޚާއްސަކޮށްގެން ޤަވާއިދުން ރެއިޑް އޮޕަރޭޝަން ކުރިއަށްގެންދަން ފެށުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، މި ހަފްތާ ނިމުމަށްފަހު ޤަވާއިދާ ޚިލާފަށް ވިސާ ފީ ނުދައްކާ ފަރާތްތައް ހޯދުމަށްފަހު ޑީޕޯޓްކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާނެ ކަމަށް ވަޒީރު އިޙްސާން ވިދާޅުވިއެވެ. އަދި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ރެއިޑް އޮޕަރޭޝަންތައް އަތޮޅުތެރެއަށްވެސް ފުޅާކޮށްފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.



                    


                    

މި ލިޔުން ކިޔާލުމުން

Ads by MSS