ދުނިޔެ

ކާނާގެ ތެރެއިން މަރުވެފައި އޮތް ހަރުފައެއް ނަގައި، އެ ކާނާ ދަރިވަރުންނަށް ދިންމައްސަލައެއް ބަލަނީ

ކާނާގެ ތެރެއިން މަރުވެފައި އޮތް ހަރުފައެއް ނަގައި، އެ ކާނާ ދަރިވަރުންނަށް ދިންމައްސަލައެއް ބަލަނީ

ކާނާގެ ތެރެއިން މަރުވެފައި އޮތް ހަރުފައެއް ނަގައި، އެ ކާނާ ދަރިވަރުންނަށް ދިންމައްސަލައެއް ބަލަނީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 މޭ 2025، 04:45

01 މޭ 2025، 04:45

އިންޑީއާގެ ބިހާރު ސްޓޭޓްގެ މޮކާމާ ސިޓީގައި ހުންނަ ސަރުކާރު ސްކޫލެއްގައި ދަރިވަރުންނަށް ދިން ކެއުމަކުން 100 އަށްވުރެ ގިނަ ކުދިން ބަލިވެފައިވާ ކަމަށް ބުނެވޭ މައްސަލަ އިންޑިއާގެ ނެޝަނަލް ހިއުމަން ރައިޓްސް ކޮމިޝަން (އެންއެޗްއާރްސީ) އިން ތަޙުޤީޤު ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ބުރާސްފަތި ދުވަހު ހާމަކޮށްފިއެވެ.

އެންއެޗްއާރްސީގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މިދިޔަ ހަފްތާގައި ހިނގި މި ހާދިސާގައި ކައްކާ މީހާ ވަނީ ކާނާގެ ތެރެއިން މަރުވެފައި އޮތް ހަރުފައެއް ނަގައި، އެ ކާނާ ދަރިވަރުންނަށް ދީފައެވެ. މި ހާދިސާއާ ގުޅިގެން ރަށުގެ އާންމުން ވަނީ މަގު ބަންދުކޮށް އިހުތިޖާޖު ކޮށްފައެވެ.

އިންޑިއާގެ އެންމެ ފަގީރު ސްޓޭޓްތަކުގެ ތެރޭގައި ހިމެނޭ ބިހާރުގައި ހިނގި މި ހާދިސާއާ ގުޅޭ ގޮތުން މީޑިއާގައި ރިޕޯޓުކޮށްފައިވާ މަޢުލޫމާތުތައް ތަޙުޤީޤުކުރުމަށް އެންއެޗްއާރްސީން ވަނީ ސަރުކާރުގެ އިސް ބޭފުޅުންނާއި ފުލުހުންނަށް އަންގާފައެވެ. އަދި މި ހާދިސާގައި ބަލިވި ކުދިންގެ ޞިއްޙީ ހާލަތު ހިމެނޭ ތަފްޞީލީ ރިޕޯޓެއް ހުށަހެޅުމަށްވެސް އެ ފަރާތްތަކަށް އަންގާފައިވެއެވެ.

އިންޑިއާގެ ސަރުކާރު ސްކޫލްތަކުގައި ދަރިވަރުންނަށް ހިލޭ މެންދުރުގެ ކެއުން ދިނުމަކީ ކުދިން ތަޢުލީމު ހާސިލުކުރުމަށް ހިތްވަރުދިނުމުގެ ގޮތުން ސަރުކާރުން ހިންގާ ޕްރޮގްރާމެކެވެ. މި ހާދިސާއާ ގުޅިގެން އެންއެޗްއާރްސީން ބުނެފައިވަނީ، މި ރިޕޯޓު ޞައްޙަ ކަމަށް ވާނަމަ، އެއީ ދަރިވަރުންގެ އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ސީރިއަސް މައްސަލައެއް ކަމަށެވެ.

މީގެ ކުރިން 2013 ވަނަ އަހަރު ބިހާރުގެ ސަރަން ޑިސްޓްރިކްޓްގައި ހިނގި މިފަދަ ހާދިސާއެއްގައި 23 ދަރިވަރުން މަރުވެފައިވެއެވެ. އެ ހާދިސާގައި ދަރިވަރުންނަށް ދިން ކެއުމުގައި ޕެސްޓިސައިޑް އެކުލެވިފައިވާ ކަމަށް ވަނީ ފާހަގަކުރެވިފައެވެ. އެ ހާދިސާއާ ގުޅިގެން ސްކޫލްތަކުގައި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ވަނީ އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS