ރިޕޯޓް

ދޮޅުއަހަރުތެރޭ ރަނގަޅު ފެށުމެއް :މަސައްކަތްތެރިންނަށް ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް ހޯދައިދުނުމަށް ސަރުކާރުގެ އަމާޒު ވަރަށް ސާފު

ދޮޅުއަހަރުތެރޭ ރަނގަޅު ފެށުމެއް :މަސައްކަތްތެރިންނަށް ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް ހޯދައިދުނުމަށް ސަރުކާރުގެ އަމާޒު ވަރަށް ސާފު

ދަނޑުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތެރިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 މޭ 2025، 01:02

01 މޭ 2025، 01:02

މަސައްކަތްތެރިންނަކީ ޤައުމެއްގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީގެ މައިގަނޑު ބިންގަލެވެ. އެހެންކަމުން، އެ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުމަކީ މުހިންމުކަމެކެވެ. ނަމަވެސް ހިތާމައަކީ ފާއިތުވީ އަހަރުތަކުގައި ސަރުކާރުތަކުން މަސައްކަތްތެރިންނާއި އެމީހުންގެ ކުރިއެރުމަށް ކުރަންޖެހޭގިނަ ކަންކަމުގައި އިހުމާލުވެފައި އޮތްކަމެވެ.

ދިވެހިންނަކީ، ހީވާގި ކަމާއި މުރާލި ކަމުގައި އާދަޔާ ޚިލާފް ބައެއްކަން ދިވެހި ތާރީޚް ހެކިދެއެެވެ. ދިވެހިންގެ ކަންކަން ދިރާާސާ ކުރާ މީހުން ހާމަ ކުރާ ގޮތުގައި ، އެންމެ ކުރީ ޒަމާނުއްސުރެ ދިވެހިން ކުރަމުންއައިސްފައިވާ މަސައްކަތްތަކަށް ބަލާާލުމުން އެކަން ހާމަވެއެވެ. މަސްވެރިކަމާއި ، ދަނޑުވެރިކަމާއި ،ވަޑާންކުރުމާއި،  ރާއެރުމާއި ، ރޯނުވެށުމުން ފެށިގެން  ހަކުރު ކެއްކުމާއި  ހަމައަށްމިއީ ދިވެހީން ކޮންއުޅުނު ބައެއް ބުރަ މަސައްކަތްތަކެވެ.

ނަމަވެސް ހިތާމައަކީ ދިވެހީންގެ އެންމެ ޒަމާންވީ ދިވެހިންގެ ލޭނާރުކަމުގައިވާ މަސްވެރިކަމުގެ ސިނާއަތަށް  ބޮޑުތަނުން އިހުމާލުވެފައި އޮތްކަމެވެ. ބުރަމަސައްކަތްކޮށް ކަނޑުމަތީގައި އުޅެ ބާނާ މަސްކޮޅު ކިރާލާފަ ފައިސާ ނުދީ މަސްވެރިން ނިކަމެތިކޮށްލިއެވެ. ބެކްލޮގް އިތުރުވެ ބާނާ މަސްކޮޅަށް ފައިސާ ނުދީ މަސްވެރިންގެ ހައްޤުތައް ހަނިކުރެވުނެވެ. ނިމިދިޔަ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ 240 މިލިއަނަށްވުރެ ގިނަ ފައިސާ ހުއްޓެވެ. ކުރާ މަސައްކަތަށް ފައިސާ ނުދީ، އެތައް ދުވަހެއް ވަންދެން ހިފެހެއްޓުމަކީ މަސައްކަތްތެރިންގެ ޙައްޤުތައް ނިގުޅައިގަތުމެވެ.މަސްވެރިންގެ އޮތް މި ކަންބޮޑުވުމުގެ މައްސަލައަކީ މިހާތަނަށް އެއްވެސް ސަރުކާރަކުން އެންމެ އެކަށީގެންވާ ގޮތެއްގައި ހައްލުކޮށްދީފައި އޮތް މައްސަލައެއްނޫންކަން ހުދު މަސްވެރިންވެސް ފާހަގަކުރެއެވެ. 

ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވިއިރު ގިނަ ދިވެހި މަސްވެރިން އުޅެންޖެހިފައި އޮތީ އެ ހާލަތުގައެވެ. މިކަމަށް މިސަރުކާރުން ހައްލުގެނެސް ދެއްވާ ޑިސެމްބަރ 10، 2024 އިން ފަށައިގެން، މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ޖަމާ ކުރަންފެށުނެވެ. މާޒީގައި އޮތް ބެކްލޮގް އެއްކޮށް ނިންމާ ކުރިއަށް އޮތް ތަނުގައި އެފަދަ ބެކްލޮގެއް ކުރިމަތި ނުވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ މަސްވެރިންނަށް ދެއްވިއެވެ.

ހިންމަފުށި، ކޫއްޑޫ، ފެލިވަރު، އައްޑޫ ސިޓީ ހުޅުމީދޫގެ އެފްއެސްއެމްގެ ސައިޓުތަކުން މާދަމާއިން ފެށިގެން މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އަދި މީގެއިތުރުން ކޫއްޑޫ އަދި ފެލިވަރުގައި ހުރި މިފްކޯގެ ވެސަލްތަކުންވެސް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތައް ދަނީ ކުރަމުން 

ރައީސް މުއިއްޒު

މިހިސާބުން ނިމުނީކީ ނޫނެވެ.މަސްވެރިންނަށް ކުރިމަތިވެފައިވާ ތެލުގެ ދަތިކަމަށްވެސް ޙައްލު ހޯއްދަވައި ދެއްވައި ތެލަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަނޑައަޅައި، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުގައި އެސްޓީއޯ ރޭޓުގައި ރައްޔިތުންނަށް ޕެޓްރޯލާއި ޑީސަލް ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. 

މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައެޅި މަސްވެރިންނަކީވެސް އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދަޢުލަތް ދަންނަ ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް މަސްވެރިންގެ ޤައުމީ ދަފްތަރެއް ޤާއިމުކުރެއްވުމާއި،ކަނޑުފަޅު ނަފާ ލޯނު ޕްރޮގްރާމްގެ ދަށުން މަސްވެރި އުޅަނދުފަހަރުގައި އާރްއެސްޑަބްލިއު ސިސްޓަމް ގާއިމްކުރުމަށް ލޯނު ދޫކޮށް، މަސްވެރިކަމުގެ ފަހި މޫސުމުގައި މަސްވެރި އުޅަނދުފަހަރަށް އައިސް ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ފެށުނެވެ.މަސްވެރިންގެ ގައުމީ ދަފްރަތުގައި ރަޖިސްޓްރީ ވެފައިވާ މަސްވެރިންނަށް ބީއެމްއެލްގެ ފައިނޭންސިން ފެސިލިޓީތައް ލިބޭނެ އިންތިޒާމު ހަމަޖައްސަވާފާސަނަލް ފައިނޭސިންގެ ގޮތުގައި 10،000ރ. އާއި 300،000ރ.އާ ދެމެދުގެ ލޯނުދޫކުރަން ފެށުނެވެ.

މަސްވެރިކަމުގެ ސިނާޢަތް ސިންދަފާތުކޮށް ކުރިއެރުވުމުގެ މަސައްކަތްތައް ކުރިއަށް ދަނީ އިސްތިރާޖީ ވިސްނުމުގެ ތެރެއިންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. ވީހާވެސް ލާމަރުކަޒީ އުސޫލަކުން ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި، އައިސްޕްލާންޓްތައް ހިންގުމުގެ ކޮންޓްރޯލް، މަސްވެރިން އެދޭނަމަ ކައުންސިލްތަކާ ޙަވާލު ކުރައްވަން ތައްޔާރަށް ހުންނެވިކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަ ކުރައްވާފައެވެ.މަސްވެރިކަމުގެ ސިނާޢަތް މި ރާއްޖޭގައި އިންތިހާއަށް ފުޅާވެ، އިޤްތިޞާދީ ޒޯނުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާ، ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން އެންމެ ބޮޑު ހިއްސާއެއް އޮތް ސިނާޢަތަކީވެސް މަސްވެރިކަމުގެ ސިނާޢަތް ކަމަށް ވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އުންމީދެވެ.

ޤައުމުގެ ކުރިއެރުން ކަމުގައިވާ ޒުވާނުންނާއި ގުޅިފައިވަނީ ޒަމާނީ ޓެކްނޮލޮޖީއާ ދުނިޔެއަށް އަންނަ ކުރިއެރުމުގެ ކުލަތަކެވެ. ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންގަނޑުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީ (އައި.ސީ.ޓީ) ދާއިރާގެ ޙިއްޞާވާ މިންވަރު މަތިކޮށް، އަދި ޑިޖިޓަލް އިޤުތިޞާދީ މަންފާތައް ދިވެހިންނަށް ފޯރުކޮށްދިނުމަށާއި، ދިވެހިރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާ، މިހާރަށްވުރެ ހަލުވި ދުވެލީގައި ހާސިލުކޮށް، އައި.ސީ.ޓީގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށްޓަކައި ސަރުކާރުގެ ޓެކްނޯލޮޖީ ދާއިރާ ހަރުދަނާކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ޑިޖިޓަލް ރޮނގުން އަހުލުވެރި މަސައްކަތުގެ އާބާދީއެއް ބިނާކުރުމަށް ތަޢުލީމީ މުޤައްރަރުގައި ޓެކްނޯލޮޖީއަށް އަހުލުވެރިކުރުވުމަށް، ބޭނުންވާ ޢިލްމި ބައިތައް އިތުރުކޮށް، މަސައްކަތްތެރިންގެ އާބާދީ އައު ޓެކްނޯލޮޖީގެ ދާއިރާއިން ތަމްރީންކޮށް އަދި މި ދާއިރާގެ ދިރާސާތައް ތަރައްޤީކޮށް އަދި އީޖާދީ މަސައްކަތްތައް ކުރިއެރުވުމަށް ޚާއްޞަ ފަންޑެއް އުފައްދައި ތަމްރީނާއި ތަހުލީލުގެ މަސައްކަތްތައް ފުޅާކުރުމަށް ފުރުސަތު ފަހިކޮށްދިނުމަކީ މިއަދުގެ ސަރުކާރުގެ އަޒުމެވެ.ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ޤާއިމްކުރުމަށް ކުރައްވާ މަސައްކަތްތަކަކީ ރާއްޖޭގެ މަސައްކަތްތެރިންގެ ކުރިއެރުމަށް މުހިންމު ކަންކަމެވެ.

ދިވެހިންގެ އަތްތެރި މަސައްކަތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ދާއިރާއަކީ ބޯޓު ބިލްޑިންގ ސިނާޢަތެވެ.ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް ފަންނުވެރި މަސައްކަތެއް ކަމުގައިވާ، އޮޑިދޯނިފަހަރު ބަނުމުގެ ދާއިރާ، ނުވަތަ ބޯޓު ބިލްޑިންގް އިންޑަސްޓްރީއަކީ ދިވެހީން ކުރިއަރާ ދިއުމަށް މަގުފަހިވެފައި އޮތް ސިނާޢީ ދާއިރާއަކަށް ހައްދަވައިދެއްވާނެ ކަމަށް ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް، ދާދި އަވަހަށް، ޢަމަލީ ސިފައެއްގައި ޙައްލު ލިބެން ފަށާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަނީ ދެއްވާފައެވެ. 

މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ބޯޓު ބިލްޑިންގް ސިނާޢަތުގައި މަސައްކަތްކުރައްވާ ދިވެހި ހުރިހާ ރައްޔިތުންނަށް އުންމީދު އައުކޮށްދެނިވި އުފާވެރި ޚަބަރެކެވެ. ސަބަބަކީ ބޯޓް ބިލްޑިންގް ދާއިރާއަށް އެތައް ގޮންޖެހުންތަކެއް ދިމާވެފައިވާތީއެވެ. އިންޑަސްޓްރީ ފުޅާ ކުރުމަށް ފުރުޞަތު ހޯއްދަވައި ދެއްވުމަށް އަދި ދިމާވެފައިވާ މާލީ ގޮންޖެހުންތަކަށް ޚައްލުހޯއްދަވައިދެއްވުމަށް ލުއި ގޮތެއްގައި، ރަހުނަކާ ނުލައި، ބޭންކިންގް ނިޒާމުގެ ތެރެއިން ލޯނު ނެގޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެެވެ.

މިއީ ދިވެހީންނަށް ޚާއްސަ، ދިވެހީން އެކަނި މަސައްކަތްކުރާ ދާއިރާއެއްގެ ގޮތުގައި، ތަމްރީނުވެގެން އަންނަ ދިވެހީން އިތުރުވެގެންދާ ދާއިރާއެއްގެ ގޮތުގައި ވާތަން ދެކެން ބޭނުން. އެކަމަށް ސަރުކާރުން ކޮށްދޭންޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެން ކޮށްދޭނެ ވާހަކަ ދަންނަވަން 

ރައީސް މުޢިއްޒު

ބޯޓު ބިލްޑިންގް ސިނާޢަތަކީ ދިވެހީންނަށް ޚާއްޞަ، އަދި ހަމަ އެކަނި ދިވެހި މަސައްކަތްތެރިން ހަރަކާތްތެރިވާ ދާއިރާއަކަށްވެ، ތަމްރީނު ވެފައިވާ ދިވެހިން އިތުރުވެގެންދާ މަންޒަރު ދެކެވަޑައިގަންނަވަން ބޭނުންފުޅުވާކަމަށާ، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އެކަމަށް ލިބިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.ބޯޓު ބިލްޑިންގް ސިނާޢަތަށް ދިމާވެފައިވާ ބިމުގެ ދަތިކަމުގެ ގޮންޖެހުމަށް ހައްލެއް ގެނެސްދެއްވުމަށް ދިގު މުއްދަތަކަށް ބިންތައް ކުއްޔަށް ދޫކުރެވޭނެ މަގުތައް ކައުންސިލްތަކަށް ފަހިކޮށްދެއްވައި، އެ ދާއިރާގައި އިންވެސްޓް ކުރުމުގެ އިތުބާރު ވަރުގަދަކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ހަމަޖައްސަވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ. 

ސަރުކާރުގެ ޢަޒުމަކީ ރައްޔިތުންނަށް އެންމެ ދަތިވެފައިވާ މައްސަލަތައް ހައްލުކުރުމުގައި ނަތީޖާ ނެރެދިނުން 

ރައީސް މުއިއްޒު

ސަރުކާރުގެ އެކި ޚިދުމަތްތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދީ، އިނާޔަތްތައް އިތުރުކޮށްދެއްވަން  ވަނީ ފައްޓަވާފައެވެ. އަދި އާމުދަނީ ހޯދުމަށް މަސައްކަތްކުރުމުގެ ފުރުޞަތު ދިވެހީންނަށް އިތުރަށް ފަހިކޮށްދެއްވުމަށްޓަކައި، ރާއްޖޭގައި ދިވެހީންނަށް ނޫނީ ވަޒީފާ އަދާނުކުރެވޭނެ 22 ދާއިރާއެއް މި ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

 ހަމަ އެއާއެކު، ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ވަޒީފާ އަދާކޮށް ވިޔަފާރިކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް، އެފަދަ ބޭރުމީހުން 48 ގަޑިއިރު ތެރޭގައި ޑީޕޯޓްކުރަން ފެއްޓެވީވެސް މިސަރުކާރުންނެވެ. ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ސަބަބުން ދިވެހި ޒުވާނުންގެ ވަޒީފާގެ ފުރުޞަތުތަކަށް އެޅެމުންދާ ހުރަސްތައް ނައްތާލުމަށްޓަކައި ސަރުކާރުން އަންނަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.ފާއިތުވީ އަހަރުތަކުގައި މާލީ ނުވަތަ އަމިއްލަ މަސްލަހަތު ހިމެނޭ މާލީ މަންފާ އެކުލެވޭކަމަކަށް ހަދާ ބޭރުމީހުން އެއްވެސް ސުމާރެއް ނެތި ދިޔައީ ދިވެހިންގެ ވަޒީފާގެ ދާއިރާތަކާ ވިޔަފާރިތަކަށް ފެތުރެމުންނެވެ.

މަސައްކަތްތެރިކަން އުނގަންނައިދިނުމާއި، އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް މި ސަރުކާރުން އިސްކަންދެއްވާ ޑޭކެއާ ސެންޓަރުތައް ފަދަ ޚިދުމަތްތައް ޤާއިމުކޮށް، ޢާއިލާތަކަށް ފުދުންތެރިކަން އިތުރުކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

މަސައްކަތްތެރިންނަކީ، ޤައުމެއް ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ މޭސްތިރިންނެވެ. މަސްވެރިކަމާއި، ދަނޑުވެރިކަން އަދި އިމާރާތްކުރުމާއި ވަޑާންކުރުން ފަދަ އެކިއެކި ތަފާތު މަސައްކަތްތެރިކަމަށް ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއް އަންނަނީ ދެއްވަމުނެނެވެ. މިގޮތުން، ޒަމާނީ ޢިލްމުތަކާއި ޓެކްނޯލޮޖީއާ ރަޙްމަތްތެރިކޮށް ދިނުމަށާއި، ދުނިޔޭގައި ކުރިއަރައިފައިވާ އެންމެފަހުގެ ޒަމާނީ އުކުޅުތައް ރާއްޖެއަށް ތަޢާރުފުކޮށްދީ، އާމްދަނީއާއި ހުނަރު އިތުރުކޮށްދިނުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން  މަސައްކަތްތެރިންނަށް ޙައްޤުވާ ބަންދުތައް ދެއްވިއެވެ. އެ ގޮތުން ރަމަޟާން މަހަކީ މާތްކަން ބޮޑުވެގެންވާ އަޅުކަމުގެ މައްސަރަކަށްވާއިރު، އެ މައްސަރުގެ ފަހު 10 ދުވަހު ސަރުކާރު ބަންދުކުރެއްވުމަކީ އަޅުކަމުގައި މަޝްޢޫލުވެ އުޅުމުގެ ފުރުޞަތު މަސައްކަތްތެރިންވެސް ހިމެނޭގޮތަށް ރައްޔިތުންނަށް ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި މުހިންމު ނިންމެވުމެކެވެ. އެމަނިކުފާނުގެ މި ނިންމެވުމާއެކު ރަމަޟާން މަހުގެ ބޭނުން ކުރިއަށް ވުރެ ފުރިހަމަ ގޮތުގައި ހިފުމުގެ ފުރުޞަތު ގިނަ އަދަދެއްގެ މަސައްކަތްތެރިންނަށް ފަހިވިއެވެ.މީގެ އިތުރުން ރަމަޟާން މަހުގެ ފަހު 10 ބަންދުވުމާ އެކު ބައެއް ވަޒީފާތަކުގައި އުޅޭ މީހުންނަށް ބަންދުނުވާނެކަމީ ޤަބޫލުކުރަން ޖެހޭ ޙަޤީޤަތެވެ.

ސަރުކާރަށް މިވީ ދޮޅުއަހަރުތެރޭގައި މަސައްކަތްތެރިންނަށް ވަނީ ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދެދެއްވާފައެވެ. ނަމަވެސް، މިއީ ހަމައެކަނި ފެށުމެވެ. އަދިވެސް ގިނަ ކަންތައްތަކެއް ކުރަން އެބަހުއްޓެވެ. މަސައްކަތްތެރިންގެ ޙައްޤުތައް އިތުރަށް ހިމާޔަތްކުރުމާއި، އެމީހުންގެ މަސައްކަތުގެ މާޙައުލު އިތުރަށް ރަނގަޅުކުރުމާއި، އެމީހުންނަށް ލިބޭ އުޖޫރަ އިތުރުކުރުމަކީ ކުރިއަށް އޮތްތަނުގައި ވެސް ރައްޔިތުންދެއްވާ ކޮންމެ އެއްބާރުލެއްވުމަކާއިއެކު ޝައްކެއްވެސްނެތް ކުރިއަރާނެކަންކަމެވެ.

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް، އަމިއްލަ މަސައްކަތުގައި ފަރުވާތެރިވެ، އިޚްލާޞްތެރިވެ، އުފެއްދުންތެރި މަސައްކަތްތެރިއަކަށް ވުމަށް މަސައްކަތްކުރަންޖެހެއެވެ. އޭރުން، އަޅުގަނޑުމެންގެ ޤައުމު އިތުރަށް ކުރިއަރައި، ފުދުންތެރި މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS