Ads by Aqeeqa Maldives

ޚަބަރު

ޙައްޖު މޫސުމުގައި ހުއްދަނެތި އުޅޭ މީހުންނަށް ސަޢޫދީން ހަރުކަށި އަދަބު ކަނޑައަޅައިފި

ޙައްޖު މޫސުމުގައި ހުއްދަނެތި އުޅޭ މީހުންނަށް ސަޢޫދީން ހަރުކަށި އަދަބު ކަނޑައަޅައިފި

ޙައްޖު މޫސުމަށް ހުއްދަނެތި ވަންނަ މީހުންނަށް ސަޢޫދީން ހަރުކަށި އަދަބު ކަނޑައަޅައިފި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 އޭޕްރީލު 2025، 04:35

30 އޭޕްރީލު 2025، 04:35

ޙައްޖު މޫސުމަށް ހުއްދަނެތި އެތެރެވާ މީޙުން ބަލާ އެމީހުންނަށް ހަރުކަށި އަދަބު ކަނޑައަޅައިފައިވާކަމަށް ސަޢޫދީ ޢަރަބިއްޔާއިން އިޢުލާނުކޮށްފިއެވެ. މިގޮތުން 2025 ވަނަ އަހަރުގެ ޙައްޖު މޫސުމަށް ތައްޔާރުވަމުންދާއިރު، ހުއްދަނެތި ޙައްޖަށް ދިއުމަށް މަސައްކަތްކުރާ މީހުންނަށާއި އެފަދަ ކަންކަމަށް އެހީތެރިވާ މީހުން ބޮޑެތި ޖޫރިމަނާތަކެއް ކުރެވޭނެކަމަށް ސަޢޫދީ އެތެރޭގެ ކަންތައްތަކާބެހޭ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މި އަދަބުތައް ތަންފީޒުކުރަން ފަށާނީ އެޕްރީލް 29 (1 ޛުލްޤައިދާ) އިން ޖޫން 10 (14 ޛުލްޙިއްޖާ) އަށެވެ. މިއީ ޙައްޖު މޫސުމުގައި މައްކާއާއި މަދީނާގައި އެއްވާ މިލިއަނެއްހާ މީހުން ބެލެހެއްޓުން ފަސޭހަކުރުމަށް އަޅާ ފިޔަވަޅެކެވެ.

މި އަދަބުތަކުގެ ތެރޭގައި ހިމެނެނީ:

- ހުއްދަނެތި ޙައްޖުކުރާ މީހުންނަށް 20,000 ސަޢޫދީ ރިޔާލް  އާ ހަމައަށް ޖޫރިމަނާކުރުން
- ހުއްދަނެތި ޙައްޖުކުރުމަށް އެހީތެރިވާ މީހުންނަށް 100,000 ރިޔާލް  އާ ހަމައަށް ޖޫރިމަނާކުރުން
- ޤަވާއިދާ ޚިލާފަށް މީހުން އުފުލާ ނުވަތަ ހިޔާވަހިކަން ދޭ ފަރާތްތަކަށްވެސް 100,000 ރިޔާލްގެ ޖޫރިމަނާއެއް
- ޤާނޫނާ ޚިލާފަށް ވަދެ ތިބޭ މީހުން އަނބުރާ ފޮނުވާލެވި، 10 އަހަރަށް ސަޢޫދީ ޢަރަބިއްޔާއަށް ވަނުން މަނާކުރެވޭނެ
- ޤަވާއިދާ ޚިލާފަށް މީހުން އުފުލުމަށް ބޭނުންކުރާ އުޅަނދުފަހަރު ކޯޓު އަމުރަކުން އަތުލެވޭ

2025 ވަނަ އަހަރުގެ ޙައްޖު މޫސުން ފެށޭނީ ޖޫން 4 އިން 9 އަށް ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން، ޙައްޖު މޫސުމުގައި ހުއްދަނެތި މީހުން ވަނުން ހުއްޓުވުމަށްޓަކައި، އިންޑިޔާ، ޕާކިސްތާން އަދި ބަންގްލަދޭޝް ފަދަ 14 ޤައުމަކުން ވަކި ބާވަތްތަކުގެ ވީސާ ދޫކުރުން ވަގުތީގޮތުން ހުއްޓާލާފައިވާކަމަށް ރިޕޯޓުތަކުން ދައްކައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS