Ads by Aqeeqa Maldives

ޚަބަރު

ދުންފަތްގަންނަ މީހާގެ އުމުރު ޔަގީންނުވާނަމަ، ރަސްމީ ލިޔުމަކުން އުމުރު ޔަގީންކުރަންޖެހޭ

ދުންފަތްގަންނަ މީހާގެ އުމުރު ޔަގީންނުވާނަމަ، ރަސްމީ ލިޔުމަކުން އުމުރު ޔަގީންކުރަންޖެހޭ

ދުންފަތް މަނާކުރުން ފޮޓޯ:ކޯޕަރޭޓް މޯލްޑިވްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 އޭޕްރީލު 2025، 12:19

29 އޭޕްރީލު 2025، 12:19

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް، 2007 އިން ފެށިގެން އުފަންވާ ޖީލަށް ދުންފަތް މަނާކުރުމަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިސްލާހެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއްޖެއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި މި އިސްލާހުގައި، 2007 ވަނަ އަހަރުގެ ޖަނަވަރީ 1 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށާއި، އެފަދަ މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އިސްލާހުގައި ވާގޮތުން، ދުންފަތުގެ ބާވަތެއް ގަންނަ މީހަކީ އުމުރުން 21 އަހަރު ފުރި، 2007 ގެ ކުރިން އުފަންވެފައިވާ މީހެއްކަން ކަށަވަރުކުރުމަކީ ވިއްކާ ފަރާތުގެ ޒިންމާއެކެވެ. އަދި ގަންނަ މީހެއްގެ އުމުރު މުރު ޔަގީންނުވާނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ އެހެން ރަސްމީ ލިޔުމަކުން އުމުރު ޔަގީންކުރަންޖެހޭނެއެވެ.

މީގެ އިތުރުން، ދުންފަތުގެ ބާވަތްތައް ވެންޑިން މެޝިނަކުން، އޮންލައިންކޮށް ނުވަތަ ޕޯސްޓް މެދުވެރިކޮށް ވިއްކުން މަނާކުރެވިފައިވެއެވެ. އަދި ދުންފަތް އުފެއްދުމަށް ބޭނުންކުރާ އާލާތްތަކާއި މެޝިނަރީ އެތެރެކުރުން ވެސް މަނާކުރެވިފައިވެއެވެ.

ވޭޕާއި އިާއި އިލެކްޓްރޯނިކް ސިނގިރޭޓު ފަދަ އާލާތްތައް ބޭނުންކުރަނިކޮށް ނުވަތަ ގެންގުޅެނިކޮށް ފެނިއްޖެނަމަ، އެ އާލާތްތައް އަތުލުމުގެ ބާރު ފުލުހުންނަށް މި ގާނޫނުން ލިބިދެއެވެ.

މި އިސްލާހަކީ ދުންފަތުގެ އިސްތިއުމާލު މަދުކޮށް، ރާއްޖޭގެ ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ. 
                    

މި ލިޔުން ކިޔާލުމުން

Ads by MSS