ދުނިޔެ

ކަޝްމީރުގައި ޓެރަރިޒަމާ ދެކޮޅަށް ހަތަރު އޮޕަރޭޝަނެއް ހިންގަނީ

ކަޝްމީރުގައި ޓެރަރިޒަމާ ދެކޮޅަށް ހަތަރު އޮޕަރޭޝަނެއް ހިންގަނީ

ކަޝްމީރުގައި ކުރިއަށްދާ ޚާއްސަ އޮޕަރޭޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 އޭޕްރީލު 2025، 12:15

29 އޭޕްރީލު 2025، 12:15

ކަޝްމީރުގައި މިއަދު ޓެރަރިޒަމާ ދެކޮޅަށް ހަތަރު އޮޕަރޭޝަން ކުރިއަށްދާ ކަމަށް ރަސްމީ ފަރާތްތަކުން ބުނެފިއެވެ. މި އޮޕަރޭޝަންތައް ފެށިފައިވަނީ ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާއާ ގުޅިގެން ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް ހަރުދަނާ ކުރުމަށްފަހުގައެވެ. ޕަހަލްގާމްގެ ހަމަލާގައި 26 މީހުން މަރުވެފައިވެއެވެ.

މިއަދުގެ އޮޕަރޭޝަންތަކުގެ ތެރެއިން ދެ އޮޕަރޭޝަނަކީ ކުރިން ފެށިފައިވާ އޮޕަރޭޝަންތަކުގެ ދެވަނަ ބުރެވެ. އަދި  މިއަދުގެ އޮޕަރޭޝަންތަކުގެ ތެރެއިން ދެ އޮޕަރޭޝަނެއް ހިންގަނީ ދެކުނު ކަޝްމީރުގައެވެ. މީގެ ތެރޭގައި ޝޮޕިއާން ޑިސްޓްރިކްޓްގެ ޔާރްވާން ފޮރެސްޓް އޭރިއާގައި ހިންގާ ބޮޑު އޮޕަރޭޝަނެއްވެސް ހިމެނެއެވެ.

މި އޮޕަރޭޝަންތަކުގައި އިންޑިއަން އާމީ އާއި ޖަމްމޫ އަދި ކަޝްމީރު ފުލުހުންގެ ޔުނިޓްތައް ބައިވެރިވެއެވެ. އާމީގެ މަސްދަރުތަކުން ބުނާ ގޮތުގައި ކަޝްމީރުގެ އެކި ސަރަހައްދުތަކުގައި ޓެރަރިޒަމާ ދެކޮޅު ހަރަކާތްތައް އިތުރުކޮށްފައިވެއެވެ. ޚާއްޞަކޮށް ދެކުނު ސަރަހައްދުތަކުގައި މި ހަރަކާތްތައް އިތުރުކޮށްފައިވެއެވެ. ޝޮޕިއާން އަދި ޕުލްވާމާގައި ސަލާމަތީ ބާރުތައް އިތުރުކޮށް، ބޮޑެތި ޖަންގަލިތަކާއި ގްރާމީ ސަރަހައްދުތަކުގައި ތަންތަން ފާސްކުރުމުގެ އޮޕަރޭޝަންތައް ހިންގަމުންދެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS