ޚަބަރު
ޖެނެރޭޝަނަލް ބޭން ގެނައުމަށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއިން، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުން
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ. މި އިސްލާހު ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ މެންބަރު ޢަލީ އަޝްރަޤެވެ. މި އިސްލާހުގެ މައިގަނޑު މަޤްޞަދަކީ 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ކުރުމެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ހުށަހެޅިފައިވާ މި އިސްލާހުގައި، 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެކަމަށާއި، އެ އުމުރުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް މަނާކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، މި އިސްލާހުގައި ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުގެ ޒިންމާތަކާއި، ދުންފަތުގެ ބާވަތްތައް ވިއްކޭނެ ގޮތްތަކާއި، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމާ ގުޅޭ މަނާކުރުންތައް ހިމެނިފައިވެއެވެ. އަދި މި ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކާއި، ޤާނޫނު ތަންފީޒުކުރާނެ ގޮތްތައްވެސް ބަޔާންކޮށްފައިވެއެވެ.
މި އިސްލާހު ފާސްވެއްޖެނަމަ، އެއަށް ޢަމަލުކުރަން ފަށާނީ ބިލު ފާސްވުމަށްފަހު އަންނަ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.