Ads by Aqeeqa Maldives

ޚަބަރު

ރަސްފަންނު މޫދަށް ތެޔޮ އެޅުމާ ގުޅިގެން ރަސްފަންނު މޫދަށް ނޭރުމަށް އިލްތިމާސްކޮށްފި

ރަސްފަންނު މޫދަށް ތެޔޮ އެޅުމާ ގުޅިގެން ރަސްފަންނު މޫދަށް ނޭރުމަށް އިލްތިމާސްކޮށްފި

ރަސްފަންނު މޫދަށް ތެޔޮ އެޅިފައި ފޮޓޯ:ޕޮލިސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 އޭޕްރީލު 2025، 01:42

28 އޭޕްރީލު 2025، 01:42

ރަސްފަންނު ސަރަހައްދުގެ މޫދަށް ކަޅު ތެޔޮ އެޅިފައިވާތީ، އެ ސަރަހައްދުގެ މޫދަށް ނޭރުމަށާއި އެއްވެސް ހަރަކާތެއް ނުހިންގުމަށް ފުލުހުންގެ ޚިދުމަތުން އާންމުންނަށް އިލްތިމާސްކޮށްފިއެވެ.

މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ، ރަސްފަންނު ސަރަހައްދުގެ މޫދަށް ކަޅު ތެޔޮ އެޅިފައިވާތީ، މި ދުވަސްވަރު އެ ސަރަހައްދުގެ މޫދަށް ނޭރުމަށާއި، މޫދުގައި ހިންގާ އެއްވެސް ހަރަކާތެއް އެ ސަރަހައްދުގެ މޫދުގައި ނުހިންގުމަށް އިލްތިމާސްކުރާ ކަމަށެވެ.



މީގެ އިތުރުން، ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވަނީ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ތެޔޮ ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، މި މަސައްކަތް ނިމޭނެ ވަކި މުއްދަތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ރަސްފަންނަކީ މާލޭގެ އުތުރު ފަރާތުގައި އޮންނަ، ގިނަ އަދަދެއްގެ ރައްޔިތުން މުނިފޫހިފިލުވުމަށް ބޭނުންކުރާ ސަރަހައްދެކެވެ. މި ސަރަހައްދުގެ މޫދަށް ތެޔޮ އެޅުމުގެ ސަބަބުން ތިމާވެށްޓަށާއި މޫދުގެ ދިރުންތަކަށް ލިބިދާނެ ގެއްލުމާ މެދު ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS