ޚަބަރު
ރައީސް މުޢިއްޒު މެލޭޝިއާގެ ބޮޑުވަޒީރަށާއި ސަރުކާރަށް ޝުކުރު އަދާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި މެލޭޝީއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ފޮޓޯ:ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް އަދި މެލޭޝިއާ ސަރުކާރުން ދެއްވި ހޫނު މަރުޙަބާއާއި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވައިފިއެވެ.
I thank Prime Minister @anwaribrahim and the Government of Malaysia for the warm welcome and generous hospitality accorded to me and my delegation during my Official Visit to Malaysia.
— Dr Mohamed Muizzu (@MMuizzu) April 28, 2025
Both governments had highly productive official talks. I am pleased with our in-depth… pic.twitter.com/LiHaikDWyH
ރައީސް މުޢިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ދަތުރުފުޅުގައި ދެ ޤައުމުގެ ސަރުކާރުން ވަރަށް އުފެއްދުންތެރި ރަސްމީ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އަދި ތަރައްޤީގެ އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާއި، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ފަތުރުވެރިކަމާއި، ކުޅިވަރާއި، ޞިއްޙަތާ ގުޅޭ ދާއިރާތަކުން އެއްބަސްވުންތަކެއްގައި ސޮއިކުރެވުނެވެ. މީގެ އިތުރުން ދެ ޤައުމުގެ މެދުގައި ޑިޕްލޮމެޓިކް މަޝްވަރާތައް ބޭއްވުމާއި، ޑިޕްލޮމެޓިކް ތަމްރީނުތައް ހިންގުމާ ގުޅޭ މަޝްވަރާ ބަދަލުކުރެވުނެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވެފައިވަނީ، ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ރަޙްމަތްތެރި ގުޅުން އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށާއި، ދެ ޤައުމުގެ ލާބައާއި މަންފާއަށްޓަކައި އެކުގައި މަސައްކަތްކުރުމަށް ސަރުކާރުން ބޭނުންވާ ކަމަށެވެ.