ޚަބަރު
އެސްޑީއެފްސީ އާއި އާރްޑީސީ ބޯޑުން ޝާމީ ވަކިކޮށްފި

މ. އެމޭޒަން މުޙައްމަދު ޝާމީ އާދަމް ފޮޓޯ:އެސްޑީއެފްސީ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ބޯޑުން މ. އެމޭޒަން މުޙައްމަދު ޝާމީ އާދަމް ވަކިކޮށްފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ.
ބޯޑުން މަޢުލޫމާތު ދެއްވިގޮތުގައި، މި މަހުގެ 27 ވަނަ ދުވަހު މުޙައްމަދު ޝާމީ އާދަމް ވަނީ އާރްޑީސީގެ ޗެއަރޕާސަންގެ މަޤާމުންނާއި އެ ކުންފުނީގެ ބޯޑު މެންބަރުކަމުން ވަކިކޮށްފައެވެ. މީގެ އިތުރުން، އެސްޑީއެފްސީގެ ބޯޑުންވެސް އޭނާ ވަނީ ވަކިކޮށްފައެވެ.
ޝާމީ އާރްޑީސީގެ ޗެއަރޕާސަންގެ މަޤާމަށް ޢައްޔަނުކުރެވިފައިވަނީ މިދިޔަ ޖެނުއަރީ މަހުގައެވެ. އަދި އޭނާއަކީ 2019 ވަނަ އަހަރުން ފެށިގެން އެސްޑީއެފްސީގެ ބޯޑުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.
މި ވަގުތު، ޝާމީ ވަކިކުރެވުނު ސަބަބާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.