ވިޔަފާރި

ބިލްޑް އެކްސްޕޯގެ ފަހުދުވަސް: ސްޓެލްކޯ ސްޓޯލުން ގިވްއަވޭ އަދި ހަދިޔާ ލިބުމުގެ ފުރުސަތު

ބިލްޑް އެކްސްޕޯގެ ފަހުދުވަސް: ސްޓެލްކޯ ސްޓޯލުން ގިވްއަވޭ އަދި ހަދިޔާ ލިބުމުގެ ފުރުސަތު

ސްޓެލްކޯގެ ސްޓޯލަށް އިޤްތިޞޯދާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ޒިޔާރަތްކުރެއްވުން ފޮޓޯ:ސްޓެލްކޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 އޭޕްރީލު 2025، 04:40

27 އޭޕްރީލު 2025، 04:40

ބިލްޑް އެކްސްޕޯ 2025 ގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބަހައްޓާފައިވާ ސްޓޯލުން ޚާއްޞަ ގިވްއަވޭއަކާއި ހަދިޔާ ގޭމްކުޅެގެން ހަދިޔާ ހާސިލްކުރުމުގެ ފުރުސަތުގައި ބައިވެރިވުމުގެ މިއީ ފަހު ދުވަހެވެ. މިއަދަކީ ބިލްޑް އެކްސްޕޯ ނިމުމަކަށް ގެންނަ އިވެންޓުގެ އެންމެ ފަހު ދުވަހެވެ.

ސްޓެލްކޯގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ސްޓެލްކޯ ބިޒްނަސް ސެންޓަރުން ފޯރުކޮށްދޭ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ލިބޭނެއެވެ. އަދި ސްޓެލްކޯގެ އައުޓްލެޓުން ލިބެންހުރި ފެންވަރު ރަނގަޅު ކަރަންޓުގެ އުފެއްދުންތަކާ ބެހޭ މަޢުލޫމާތުވެސް ލިބޭނެއެވެ.

ކޮންޓްރެކްޓަރެއް ނުވަތަ ގެދޮރުގެ ވެރިއެއް ނުވަތަ ހަމައެކަނި މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތެއް ނަމަވެސް، ސްޓެލްކޯގެ ޓީމުން އެހީތެރިވެދޭނެއެވެ. މީގެއިތުރުން ގިވްއަވޭ އަކާއި ގޭމްތައް ގުޅެގެން އިނާމެއް ހާސިލް ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވިފައެވެ.

މި އެކްސްޕޯއަކީ ޢިމާރާތްކުރުމުގެ ދާއިރާއާ ގުޅުންހުރި ވިޔަފާރިތަކަށް އެފަރާތްތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS