ޚަބަރު
މާލެއިން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި

ތ. ތިމަރަފުށި، ސަލްވާ އުމުރުން 31 އަހަރުގެ ފާޠިމަތު ޝަހުދާ
މާލެއިން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ގެއްލިގެން ހޯދަމުންދަނީ ތ. ތިމަރަފުށި، ސަލްވާ އުމުރުން 31 އަހަރުގެ ފާޠިމަތު ޝަހުދާއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި، މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ޝަހުދާގެ ޚަބަރެއް ނުވެގެން ގެއްލިފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ 20:00 އެހާކަންހާއިރުއެވެ.
އާއިލާއިން ދެއްވާފައިވާ މަޢުލޫމާތުގައިވާ ގޮތުން، ފާޠިމަތު ޝަހުދާ އެންމެ ފަހުން ފެނިފައިވަނީ މާލެ، އަލިކިލެގެފާނުމަގު ސިޓީ ޕާކް ސަރަހައްދުންނެވެ. އެ ވަގުތު އޭނާ ލައިގެން ހުރީ ފެހި ކުލައިގެ ހެދުމެކެވެ.
ފާޠިމަތު ޝަހުދާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، ލަސްނުކޮށް ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792269 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުންގެ ޚިދުމަތުންވަނީ އެދިވަޑައިގެންފައެވެ.
މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކުރާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވެއެވެ. އަދި މިފަދަ ހާދިސާތަކުގައި ރައްޔިތުންގެ އެހީތެރިކަމަކީ ވަރަށް މުހިންމު ކަމެއްކަމަށްވެސް ފުލުހުން ފާހަގަކުރައްވައެވެ.