Ads by Aqeeqa Maldives

ޚަބަރު

ވެކްސިން ޖަހާ މިންވަރު މަދުވެއްޖެނަމަ ގައިން ގަޔަށް އަރާ ބަލިތައް ފެތުރުމުގެ ފުރުޞަތު އެބައޮތް

ވެކްސިން ޖަހާ މިންވަރު މަދުވެއްޖެނަމަ ގައިން ގަޔަށް އަރާ ބަލިތައް ފެތުރުމުގެ ފުރުޞަތު އެބައޮތް

އެޗްޕީއޭއިން އާންމު ކޮށްފައިވާ ވީޑިއޯގެ ސްކްރީން ޝޮޓެއް

މިންނާ ޢަބްދުލްޙަކީމް

މިންނާ ޢަބްދުލްޙަކީމް

27 އޭޕްރީލު 2025، 12:46

27 އޭޕްރީލު 2025، 12:46

ވެކްސިން ޖަހާ މިންވަރު މަދުވެއްޖެނަމަ ރާއްޖޭގައި އަނެއްކާވެސް ގައިން ގަޔަށް އަރާ ބައެއް ބަލިތައް ފެތުރުމުގެ ފުރުޞަތު އޮންނާނެ ކަމަށްހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މެޑިކަލް އޮފިސަރ ޑރ. ފާތިމަތު ނަޒުލާ ރަފީޤް ވިދާޅުވެއްޖެއެވެ.

އިމިއުނިޒޭޝަން ހަފްތާ އާއި ގުޅިގެން އެޗްޕީއޭ އިން އާއްމުކޮށްފައިވާ ވީޑިއޯ އެއްގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މެޑިކަލް އޮފިސަރ ޑރ. ފާތިމަތު ނަޒުލާ ރަފީޤް ވިދާޅުވީ ބައެއް ބަލިތައް އެއްކޮށް ރާއްޖެއިން ނައްތާލެވިފައިވާ ކަމަށެވެ.މީގެ ތެރޭގައި ޕޯލިއޯ، ނެއޯ ނޭޓަލް ޓެޓްނަސް، މީސަލްސް އަދި ރުބެއްލާ ފަދަ ބަލިތައް ރާއްޖެއިން ނައްތާލާފައިވާ ކަމަށް ދުނިޔޭގެ ޞިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފައެވެ.

ޑރ ނަޒްލާ ވިދާޅުވީ، ޕާރޓަސިސް ނުވަތަ ހޯގޮވާ ކެއްސުން ފަދަ ވެކްސިން ޖަހައިގެން ކޮންޓްރޯލް ކުރެވޭ ބަލިތައް ރާއްޖެއިން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.  ނަމަވެސް ވެކްސިން ޖަހާ މިންވަރު މަދުވެއްޖެނަމަ ރާއްޖޭގައި އަނެއްކާވެސް މީގެ ތެރެއިން ބައެއް ބަލިތައް ފެތުރުމުގެ ފުރުޞަތު އޮންނާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެކަން 2020 ވަނަ އަހަރުގެ ކުރީ ކޮޅު ފެތުރުނު މީސަލްސް އައުޓް ބްރޭކުން ފާހަގަކުރެވިފައިވާ ކަން ނަޒްލާ ފާހަގަކުރެއްވިއެވެ.



އެހެން ކަމުން ވެކްސިން އެ ޖަހަންޖެހޭ ވަގުތުގައި ދިނުމަށް ސަމާލުކަން ދިނުމަކީ މުޅި މުޖުތަމަޢު ބަލިތަކުން ރައްކާތެރިވުމަށް ވަރަށް މުހިންމުކަމެއް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS