Ads by Aqeeqa Maldives

ޚަބަރު

އަންހެނުންގެ ދައުރާ ނުލައި މުޖުތަމައު އިސްލާހެއް ނުވާނެ: ފަސްޓް ލޭޑީ

އަންހެނުންގެ ދައުރާ ނުލައި މުޖުތަމައު އިސްލާހެއް ނުވާނެ: ފަސްޓް ލޭޑީ

މެޑަމް ސާޖިދާ މުޙައްމަދު ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 އޭޕްރީލު 2025، 12:09

27 އޭޕްރީލު 2025، 12:09

ގާލްގައިޑްސް އެސޯސިއޭޝަންގެ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެފައިވަނީ އަންހެނުންގެ ދައުރާ ނުލައި މުޖުތަމައެއް އިސްލާހު ނުވާނެ ކަމަށެވެ. އިއްޔެ ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައި ބޭއްވުނު މި ޖަލްސާގައި ފަސްޓް ލޭޑީ އަލިއަޅުވާލެއްވީ އަންހެނުންގެ ދައުރުގެ މުހިންމުކަމާއި ގައުމު ބިނާކުރުމުގައި އަންހެނުންގެ ބައިވެރިވުމުގެ މުހިންމުކަމަށެވެ.

އަންހެނުންގެ ފުރިހަމަ ބައިވެރިވުން ނެތި ގައުމެއް ބިނާކުރުމަކީ ކުރެވޭނެކަމެއް ނޫން. އަންހެނުންގެ ހަގީގީ ދައުރާ ނުލައި މުޖުތަމައެއް އިސްލާހުކުރުމަކީ ވެސް، އެއް ގޮތަކަށް ވެސް ކާމިޔާބުކުރެވޭނެ ކަމެއް ނޫން 

ފަސްޓް ލޭޑީ

މީގެ އިތުރުން، ދިވެހި އަންހެނުންނަށް ގޮވާލެއްވީ ދީނީ ގޮތުން ހޭލުންތެރި، ދީންވެރި ބަޔަކަށް ވުމަށާއި، ގައުމީ ރޫހު ދިރުވާ، ޒަމާނީ އިލްމުތަކާއި ފަންނުތަކަށް އަހުލުވެރި ބަޔަކަށް ވުމަށެވެ. އަދި މުޖުތަމައުގައި އިސްނަގައިގެން ހަރަކާތްތެރިވެ، އިސްރޯލެއް އަދާކުރާ ބަޔަކަށް ވުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.

ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ގާލްގައިޑް ހަރަކާތް ސިފަކުރެއްވީ ކޮންމެ މުޖުތަމައަކަށް ވެސް ބޭނުންތެރި، މުހިންމު ހަރަކާތެއްގެ ގޮތުގައެވެ. އެކަމަނާ ވިދާޅުވި ގޮތުގައި މިއީ އިސްނެގުމާއި، ޒިންމާދާރުވުމާއި، އިންސާނީ ކުލުނުވެރިކަމުގެ މަދަރުސާއެކެވެ. އަދި މި ހަރަކާތުން އިންސާނީ ކަރާމާތުގެ އަގުގެ މަތިވެރިކަން ދަސްކޮށްދޭ ކަމަށާއި، ދޭދޭ ގުޅުންތަކުގެ އަގު ވަޒަންކުރަން އުނގަންނައިދޭ ކަމަށް ވެސް ވިދާޅުވިއެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS