ޚަބަރު
ސަރުކާރުގެ އެހީއާއެކު އިތުރު ފަރުވާއަށް ޔުމްނު މެލޭޝިއާއަށް ފުރުވާލައިފި

ޔުމްނުއާއި އޭނާއާއެކު ހަރަކާތްތެރިވި ރައުދު

ފަރުދުން
26 އޭޕްރީލު 2025، 11:28
26 އޭޕްރީލު 2025، 11:28
މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު އިތުރު ފަރުވާއަށް ސަރުކާރުގެ އެހީގައި މެލޭޝިއާއަށް ފުރުވާލައިފިއެވެ.
މި ފްލައިޓް ފުރާފައިވަނީ މިރޭގެ ވަގުތެއްގައެވެ.
ޔުމްނާ ރާއްޖެއިން ބޭރަށް ފުރުވާލުމަށް ޓިކެޓާއި އިތުރު ހަރަދުތަކުގެ ގޮތުގައި ފައިސާ އާއިލާއާ ހަވާލުކޮށްފައިވާކަން ރައިސް އޮފީހުގެ ތަރުޖަމާނު އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއެވެ. އެގޮތުން ބޭސް ފަރުވާގެ ކަންކަމަށް އެންސްޕާގެ ފަރާތުން ވަނީ 25،000 ޑޮލަރަށްވާ ފައިސާ ހަމަޖައްސާ ދެއްވާފައެވެ. އެއީ 385،500ރ. އެވެ.
މެލޭޝިޔާގެ ޕަންޓާއީ ހޮސްޕިޓަލުން ދީފައިވާ ލިޔުމެއް ކަމަށް ބުނެފައިވާ ލިޔުމުގައި ވަނީ ފުރަތަމަ ބުރުގައި ހަދަންޖެހޭ ސާޖަރީތަކަށް ވެސް 57،000 އަށް ވުރެ ގިނަ ޑޮލަރު އަރައެވެ. ސަރުކާރުގެ އެހީގެ އިތުރުން ސޯޝަލްމީޑިއާގެ ޕްލެޓްފޯމް ތަކުގައިވެސް ޔުމްނުއަށް ފައިސާ ހަމަކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަރަކާތްތަކުން ގިނަ ޢަދަދެއްގެ ފައިސާ ލިބިފައިވާ ކަމަށާއި ފަރުވާއަށް ފުރާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.