Ads by Aqeeqa Maldives

ޚަބަރު

ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނަރު ނަވީނަށް

ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނަރު ނަވީނަށް

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ނަވީން އައްޔަނު ކުރެއްވުނު ރަސްމިއްޔާތުގެ ތެރެއިން

މިންނާ ޢަބްދުލްޙަކީމް

މިންނާ ޢަބްދުލްޙަކީމް

26 އޭޕްރީލު 2025، 09:43

26 އޭޕްރީލު 2025، 09:43

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި އަލީ ޝުޖާއު އެ މަޤާމުން އިސްތިއުފާ ދެއްވުމުން ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނާއި ޙަވާލުކުރައްވައިފިއެވެ

ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ފުލުހުންގެ މުއައްސަސާއިން މިވަގުތު އެއްމެ އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތަކީ މިހާރު ހިނގަމުންދާ ތަހުގީގުގެ މަސައްކަތްކަމަށްވެފައި މިތަހުޤީގެކަންކަމާއި އެއްމެ އިސްކޮށް ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކަމިޝަނަރ އިސްމާއިލް ނަވީންކަމަށްވާތީ ކަމިޝަނަރ އޮފް ޕޮލިސް ކަމަށް ބޭފުޅަކު އައްޔަންކުރެވެންދެން އެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރ އިސްމާއިލް ނަވީން ކަނޑައަޅުއްވާ ކަމަށެވެ. 



ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު، އެ މަޤާމުން އިސްތިއުފާ ދެއްވުމަށް އެދި ހުށައަޅުއްވާފައިވާތީ، އޭނާގެ އިސްތިއުފާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤަބޫލުފުޅުކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ޙީނާ ވަލީދު މިރޭ ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS