ދުނިޔެ

ފުރަތަމަ ބޮޑު ހަނގުރާމައިގަ ފެތުނު ބޯޓެއް މީހަކު އެންމެ 34،000 ޑޮލަރަށް ގަނެފި

ފުރަތަމަ ބޮޑު ހަނގުރާމައިގަ ފެތުނު ބޯޓެއް މީހަކު އެންމެ 34،000 ޑޮލަރަށް ގަނެފި

ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އަޑިއަށް ގޮސްފައިވާ ބޯޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 އޭޕްރީލު 2025، 07:29

25 އޭޕްރީލު 2025، 07:29

ބީބީސީގެ ރިޕޯޓެއްގައި  ބުނެފައިވާ ގޮތުގައި، ޑޮމް ރޮބިންސަން ކިޔާ އިނގިރޭސި ރައްޔިތަކު ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އަޑިއަށް ގޮސްފައިވާ ބޯޓެއް އެންމެ 34،000 ޑޮލަރަށް (300 ޕައުންޑް) ގަނެފިއެވެ. މިސްޓަރ ރޮބިންސަން އަށް މިބޯޓުގެ އިޝްތިހާރު ފޭސްބުކް މާކެޓްޕްލޭސްއިން ފެނުމާއެކު އެ ބޯޓު ނުގަނެ ނުވާނެ ކަމަށް ނިންމިއެވެ.

އެސްއެސް އަލްމަންޑް ބްރާންޗް ކިޔާ މި ބޯޓަކީ 3،300 ޓަނުގެ، 330 ފޫޓު ދިގު މުދާ އުފުލާ ބޯޓެކެވެ. މި ބޯޓު އަޑިއަށް ގޮސްފައިވަނީ 1917 ވަނަ އަހަރުގެ ނޮވެމްބަރު 27 ވަނަ ދުވަހު ޖަރުމަނުގެ ސަބްމެރިނަކުން ކޯންވޯލްގެ އައްސޭރިފަށުގައި ދިން ހަމަލާއަކުންނެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އެބޯޓު އޮތީ އެތަނުގައެވެ. ކުޑައިރުއްސުރެ ބޯޓުތަކަށް ޝައުގުވެރިވެ، ފީނުމަށް ލޯބިކުރާ މިސްޓަރ ރޮބިންސަން ވަނީ މިހާރު އޭނާގެ މި އަގުހުރި މުދާ ބެލުމަށް މޫދަށް ފީނާފައެވެ.

"އަހަރެން އެތަނަށް ގޮސް، ބަލައިލިން. ބަލައިލީމަ އަހަރެންނަށް އެނގުނީ އެއީ ކޮން އެއްޗެއްކަން،" މިސްޓަރ ރޮބިންސަން ބުންޏެވެ.

މިސްޓަރ ރޮބިންސަން މި ބޯޓު ހޯދީ އިނގިރޭސިވިލާތުގެ ވަށައިގެންވާ މޫދުގެ އަޑި ސްކޭން ކުރުމުން ފެންނަ އާދަޔާ ޚިލާފު ކަންތައްތައް ތަޙުގީގުކޮށްގެންނެވެ. އޭނާގެ ޔޫޓިއުބް ޗެނަލެއްގައި އޭނާ ހޯދާ ކަންތައްތައް ހިއްސާކުރެއެވެ.

"އަހަރެން ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި 20 ނުވަތަ 25 ބޯޓު ދެނެގަނެފައިވާނެ. މިއީ ވަރަށް ހިތްހަމަޖެހޭ ކަމެއް. އެއީ ކޮންމެ ބޯޓަކާ ވާހަކައެއް ގުޅިފައިވާތީއެވެ. މިއީ އަހަރެންނަށް ވަރަށް ބޮޑަށް ހިތްހަމަޖެހުން ލިބޭ ކަމެއް،" އޭނާ ބުންޏެވެ.

"ބޯޓުކައިރީ ފީނާއިރު، އެއީ އަމިއްލަ އެއްޗެއްކަން އެނގޭތީ، އެ އިހުސާސް ތަންކޮޅެއް ތަފާތު."
                    

މި ލިޔުން ކިޔާލުމުން

Ads by MSS