ދުނިޔެ

ޕަހަލްގާމްއަށް ދިން ޙަމަލާއާއި ގުޅިގެން އިންޑިއާއިން ޕާކިސްތާނު ރައްޔިތުންނަށް ވިސާ ދިނުން ހުއްޓާލައިފި

ޕަހަލްގާމްއަށް ދިން ޙަމަލާއާއި ގުޅިގެން އިންޑިއާއިން ޕާކިސްތާނު ރައްޔިތުންނަށް ވިސާ ދިނުން ހުއްޓާލައިފި

ޕާކިސްތާނު އެއަރޕޯޓް/ފޮޓޯ: ބިޒްނަސް ރިކޯޑަރ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

25 އޭޕްރީލު 2025، 06:34

25 އޭޕްރީލު 2025، 06:34

އިންޑިއާގެ ޕަހަލްގާމްއަށް ދިން ޙަމަލާއާއި ގުޅިގެން އިންޑިއާއިން ޕާކިސްތާނު ރައްޔިތުންނަށް ވިސާ ދިނުން ހުއްޓާލައިފިއެވެ.

މި  ނިރުބަވެރި ޙަމަލާއާއި ގުޅިގެން ދެ ޤައުމުގެ ގުޅުން ވަނީ ވަރަށް ގޯސްވެފައެވެ.  އަދި މިކަމާއި ގުޅިގެން އިންޑިއާގެ ޚާރިޖީ ވުޒާރާއިން ނެރުއްވި އިޢުލާނެއްގައި ވަނީ ޕާކިސްތާނުގެ ރައްޔިތުންނަށް އެ ޤައުމުން ދެމުން ގެންދާ ވިސާގެ ޚިދުމަތް މެދުކަނޑާލާފައިވާކަމަށް ބުނެފައެވެ. މީގެ ކުރިން ވެސް ވަނީ، ސައުތު އޭޝިއަން އެސޯސިއޭޝަން ފޯރ ރީޖަނަލް ކޯޕަރޭޝަން ފްރޭމްވޯރކްގެ ދަށުން ޕާކިސްތާނުގެ ރައްޔިތުންނަށް ވިސާ ދިނުން މެދުކަނޑާލާފައެވެ.

އިންޑިއާާގެ ޖައްމޫ އަދި ކަޝްމީރުގެ ޕަހަލްގާމްއަށް ދިން ނިރުބަވެރި ޙަމަލާއާއި ގުޅިގެން ޖުމްލަ 26 މީހުން ވަނީ މަރުވެފައެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ޙަމަލާއަކީ ޖައްމޫ  އަދި ކަޝްމީރުގެ ލޯކް ސަބާ އަދި އެސެމްބްލީ އިންތިޚާބުތައް ކާމިޔާބުކަމާއެކު ބޭއްވުމަށްފަހު، އިޤްތިޞާދީ ކުރިއެރުން އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި ކޮށްފައިވާ ކަމެކެވެ.

ޕާކިސްތާނުން މި ޙަމަލާ ރައްދުކުރި ހިސާބަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަޤްބޫލު ހިސާބެކެވެ. އަދި މި ޙަމަލާގެ ޒިންމާ އެއްވެސް ބައެއް މިހާތަނަށް ނަގާފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS