ދުނިޔެ

އިނގިރޭސިވިލާތުން ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވައިލަނީ

އިނގިރޭސިވިލާތުން ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވައިލަނީ

ސީރިއާއަށް ހަނގުރާމައިގެ ސަބަބުން ގެއްލުންވެފައިވާ ސަރަޙައްދެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 އޭޕްރީލު 2025، 03:37

25 އޭޕްރީލު 2025، 03:37

ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތައް އުވައިލުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ސޫރިޔާގެ އަހުލީ ހަނގުރާމައާ ގުޅިގެން އެ ޤައުމާ ދެކޮޅަށް ހުޅަނގުގެ ބާރުތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ ގޮތުންނެވެ.

ސޫރިޔާގައި މިހާރު ވެރިކަން ކުރަމުން ދަނީ ނިރުބަވެރި ޖަމާޢަމާޢަތެއް ކަމުގައިވާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް) އިންނެވެ. މި ޖަމާޢަތުން 2024 ވަނަ އަހަރުގެ ޑިސެންބަރު 8 ވަނަ ދުވަހު ބަޣާވާތެއް ކޮށް، އިންޮށް، އިންތިޚާބީ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަން ވައްޓާލިއެވެ. މިހާރު އެޗްޓީއެސްގެ ވެރިޔާ އަޙްމަދު އަލް-ޝަރާޢު ވަނީ ރައީސްކަމުގެ މަޤާމު ފުރަމުންނެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމަރގެ ސަރުކާރުން ބުނެފައިވަނީ، ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވައިލުމަކީ އެ ޤައުމު އަލުން އާރާސްތު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ސޫރިޔާގެ އިޤްތިޞާދީ އަދި މާލީ ހާލަތު ރަނގަޅު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް ކަމަށް ވެސް ބުނެފައިވެއެވެ.

އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމެންޓް އޮފީސްގެ މެދުއިރުމަތީގެ ވަޒީރު ހެއިމިޝް ފެލްކޮނަރ ވިދާޅުވެފައިވަނީ، "ސޫރިޔާ އަދި އެ ޤައުމުގެ އިޤްތިޞާދު އަލުން އާރާސްތު ކުރުމަކީ އެ ޤައުމުގެ ރައްޔިތުންނަށް ލިބިގެންވާ ޙައްޤެއް، އަދި ސޫރިޔާގައި ސުލްޙައާއި ހަމަޖެހުން ޤާއިމުވުމަކީ އިނގިރޭސިވިލާތުގެ މަސްލަޙަތު ހިމެނޭ ކަމެއް" ކަމަށެވެ.

އިނގިރޭސިވިލާތުން މިފަހަރު 12 މުއައްސަސާއަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވައިލާފައިވެއެވެ. މީގެ ތެރޭގައި ސޫރިޔާގެ ދާޚިލީ ވުޒާރާ، ދިފާޢީ ވުޒާރާ އަދި ޖާސޫސީ އިދާރާ ކަމަށްވާ ޖެނެރަލް އިންޓެލިޖެންސް ޑިރެކްޓަރޭޓް ހިމެނެއެވެ.

މި ނިންމުމާ ގުޅިގެން އެޗްޓީއެސް ސަރުކާރުގެ ޚާރިޖީ ވުޒާރާއިން ވަނީ މަރުޙަބާ ކިޔާފައެވެ. އަދި މިއީ ސޫރިޔާ އަލުން އާރާސްތު ކުރުމުގެ އިތުރުން ބައިނަލްއަޤްވާމީ ގުޅުންތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS