Ads by Aqeeqa Maldives

ޚަބަރު

ބައިބައިވެފައިވާ ދުނިޔޭގައި ގާތްގުޅުމާއި އިތުބާރުން ގޮންޖެހުންތަކުން އަރައިގަނެވޭނެ: ރައީސް މުޢިއްޒު

ބައިބައިވެފައިވާ ދުނިޔޭގައި ގާތްގުޅުމާއި އިތުބާރުން ގޮންޖެހުންތަކުން އަރައިގަނެވޭނެ: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 އޭޕްރީލު 2025، 04:13

24 އޭޕްރީލު 2025، 04:13

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދޭދޭ ގުޅުންތަކާއި ޚާރިޖީ ގުޅުންތަކުން ސުލްހައަށް މަސައްކަތްކުރާ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ މުހިންމު ބަޔާނެއް ދެއްވާފައެވެ. މި ބަޔާނުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ބައިބައިވެފައިވާ ދުނިޔެއެއްގައި ޤައުމުތަކާއެކު ބާއްވާ ގާތްގުޅުމާއި އޮންނަ އިތުބާރުގެ ތެރެއިން، ބޮޑެތި ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމަށެވެ.

ރައީސް މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، މިހާރު ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކާއި، ޤައުމުތަކުގެ މެދުގައި ހުރި ތަފާތުކުރުންތަކާއި، މޫސުމީ ކާރިސާތަކުން ހަނދާންކޮށްދެނީ ސުލްހައަށް ބޭނުންވަނީ ހަމައެކަނި ހަނގުރާމަ ނުކުރުން ނޫންކަމެވެ. އޭގެ އިތުރުން މަޝްވަރާކުރުމާއި އިންސާފަށް މަސައްކަތްކުރުން މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވި އަނެއް މުހިންމު ނުކުތާއަކީ ގާތްގުޅުންތަކާއި އިތުބާރުގެ ތެރެއިން އުޖާލާ މުސްތަޤުބަލަކަށް ވާސިލްވެވޭނެކަމެވެ. މިއީ ބައިނަލްއަޤްވާމީ ގުޅުންތަކުގެ މުހިންމުކަން ފާހަގަކޮށް، ޤައުމުތަކުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް އދ. އިން ކަނޑައަޅާފައިވާ ދުވަހެއްގައި ދެއްވި ބަޔާނެކެވެ.

އަދުގެ ސަރުކާރުން ބައިނަލްއަޤްވާމީ ގުޅުންތައް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި އެހެން ޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއެކު ކުރާ މަސައްކަތްތައް އިތުރުކުރުން ހިމެނެއެވެ.

މި ބަޔާނަކީ ދުނިޔޭގެ މ މިހާރުގެ ހާލަތަށް ބަލާއިރު، ޤައުމުތަކުގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކޮށް، ދިވެހިރާއްޖޭގެ ސިޔާސަތު ހާމަކޮށްދޭ މުހިންމު ބަޔާނެކެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS