ދުނިޔެ

އިސްރާއީލް ރޯވެ އަނދަނީ: އެތައް އަވަށެއް ހުސްކުރަން ޖެހިއްޖެ

އިސްރާއީލް ރޯވެ އަނދަނީ: އެތައް އަވަށެއް ހުސްކުރަން ޖެހިއްޖެ

އިސްރާއީލުގައި ރޯވެފައިވާ އަލިފާންގަނޑު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 އޭޕްރީލު 2025، 07:31

24 އޭޕްރީލު 2025، 07:31

ބުދަ ދުވަހު ބެއިޓް ޝެމެޝް ސަރަޙައްދުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގީ ޓެލް އަވީވުން ޖެރޫސަލަމަށް ދާ މަގުގައިވާ ސަރަޙައްދެއްގައެވެ. އަލިފާން ރޯވެފައިވާ ކަމަށް ބެލެވެނީ ހޫނު ގަދަ ވުމުގެ ސަބަބުންނެވެ..

މި ހާދިސާއާ ގުޅިގެން އެޤަުމުގެ 6 ވަނަ ހައިވޭގެ ދެކުނާއި އުތުރު ދިމާލުގެ ބައެއް ސަރަޙައްދުތައް ބަންދުކުރަން ޖެހިފައިވެއެވެ. އަދި 44 ވަނަ ހައިވޭވެސް ބަންދުކުރެވިފައިވެއެވެ. މީގެ އިތުރުން އެސަރަޙައްދުގެ ރޭލް މަގުތަކަށްވެސް އަލިފާން ފެތުރިދާނެކަމުގެ ބިރު އޮތުމާއެކު ޓްރެއިންތައްވެސް ހުއްޓާލެވިފައިވެއެވެ.

އަލިފާން ސަލާމަތީ ޚިދުމަތްތަކުން ވަނީ އެޝްޓާއޯލް އަދި މެވޯ ބެއިޓާރުގެ ރައްޔިތުން އެއަވަށުން ނެރެން ފަށާފައެވެ. އަދި ބެއިޓް މެއިރު އަދި ޓާރަމް ފަދަ ރަށްތައްވެސް ހުސްކުރުމަށް ތައްޔާރުވަމުންދާކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ. މިހާތަނަށް ދެ މީހަކަށް ދުމުގެ ސަބަބުން އަނިޔާވެފައިވާކަމަށް ރިޕޯޓުކުރެވިފައިވެއެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި 25 ޓީމާއި އަލިފާން ނިއްވާ މަތިންދާބޯޓުތައް ބޭނުންކުރެވެމުންދެއެވެ. ނަމަވެސް މޫސުން ހޫނުވެ، ވައި ގަދަވުމާއެކު އަލިފާން ކޮންޓްރޯލްކުރުމަށް ދަތިތަކާ ކުރިމަތިވަމުންދާކަމަށް އަލިފާން ނިއްވާ  ޚިދުމަތްތަކުން ބުނެފައިވެއެވެ.

މި ހާދިސާ ހިނގާ ސަރަޙައްދަށް ނުދިއުމަށާއި، ފުލުހުންގެ އިރުޝާދުތަކަށް ތަބާވުމަށާއި، އެހެން މަގުތައް ބޭނުންކުރުމަށް ފުލުހުންގެ ފަރާތުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި ސެންޓްރަލް ޑިސްޓްރިކްޓް ޕޮލިހުން ވަނީ އިތުރު ރަށްތަކެއް ހުސްކުރުމަށް ތައްޔާރުވަމުންދާކަމަށްވެސް ބުނެފައެވެ.  
                    

މި ލިޔުން ކިޔާލުމުން

Ads by MSS