ސައިންސް

އާޓިފިޝަލް އިންޓެލިޖެންސް އިން 10 އަހަރު ތެރޭގައި ހުރިހާ ބައްޔަކަށް ޙައްލު ހޯދިދާނެ: ޑީޕްމައިންޑްގެ ސީއީއޯ

އާޓިފިޝަލް އިންޓެލިޖެންސް އިން 10 އަހަރު ތެރޭގައި ހުރިހާ ބައްޔަކަށް ޙައްލު ހޯދިދާނެ: ޑީޕްމައިންޑްގެ ސީއީއޯ

ޑީޕްމައިންޑްގެ ސީއީއޯ ޑެމިސް ހަސަބިސް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 އޭޕްރީލު 2025، 05:25

23 އޭޕްރީލު 2025، 05:25

ގޫގުލްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނި ޑީޕްމައިންޑްގެ ސީއީއޯ ޑެމިސް ހަސަބިސް ވަނީ ހައިރާންކުރުވަނިވި ބަޔާނެއް ދެއްވާފައެވެ. އޭނާ ވިދާޅުވެފައިވަނީ  10 އަހަރުގެ ތެރޭގައި އޭއައި ޓެކްނޮލޮޖީ މެދުވެރިކޮށް ދުނިޔޭގައި ހުރިހާ ބައްޔެއް ފަސޭހަކުރެވިދާނެ ކަމަށެވެ.

އިންޓަވިއުއެއްގައި ހަސަބިސް ވިދާޅުވި ގޮތުގައި އެޑްވާންސްޑް އޭއައި މޮޑެލްތަކުގެ ސަބަބުން ބޭސް އުފެއްދުމަށް ހޭދަވާ ވަގުތާއި ޚަރަދު ވަރަށް ބޮޑަށް ކުޑަކުރެވޭނެއެވެ. އާންމުކޮށް އުފެއްދުމަށް އަހަރުތަކެއް ނަގާ އައު ބޭސް އުފެއްދުމުގެ މަސައްކަތް ހަފްތާތަކެއްގެ ތެރޭގައި ނިންމާލެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ޞިއްޙީ ދާއިރާގައި އިންޤިލާބެއް ގެނުވާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކުރިން ނުކުރެވޭނެ ކަމަށް ޤަބޫލުކުރެވުނު މިފަދަ ކުރިއެރުންތައް ގާތް މުސްތަޤްބަލެއްގައި ޙާޞިލުކުރެވިދާނެ ކަމަށް ހަސަބިސް ވިދާޅުވިއެވެ. މިގޮތުން އޭނާ މިސާލެއްގެ ގޮތުގައި ފާހަގަކުރެއްވީ ގޫގުލް ޑީޕްމައިންޑްިންޑްގެ އަލްފާފޯލްޑް މޮޑެލް އިންނެވެ. މި މޮޑެލް އިން އެންމެ އަހަރެއްގެ ތެރޭގައި 200 މިލިއަނަށްވުރެ ގިނަ ޕްރޮޓީން ސްޓްރަކްޗަރ މެޕްކުރެވުނެވެ. އާދައިގެ ގޮތްތަކުން މިކަން ކުރަން އެތައް ބިލިއަން އަހަރުތަކެއް ނަގާނެއެވެ.

ޕްރޮޓީން ސްޓްރަކްޗަރތައް ދެނެގަތުމުން ބަލިތަކުގެ މެކޭނިޒަމްތައް ދެނެގަނެވޭނެ ކަމަށް ހަސަބިސް ވިދާޅުވިއެވެ. އަދި ޕްރޮޓީންތަކާއި ބަލިތަކުގެ މަސައްކަތްތައް ދެނެގަނެވުމުން، އޭއައި ގެ އެހީގައި ފަރުވާތައް ދެވޭނެ ބޭސްތައް އުފެއްދިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތުން، 10 އަހަރުގެ ތެރޭގައި އޭއައި ޓެކްނޮލޮޖީ އިން ހުރިހާ ބައްޔެއް ފަސޭހަކުރެވިދާނެ ކަމަށް ހަސަބިސް ޤަބޫލުކުރައްވައެވެ.

ނަމަވެސް، އޭއައި ޓެކްނޮލޮޖީ އިން ލިބިދާނެ ނުރައްކާތަކަށްވެސް  ހަސަބިސް އިޝާރާތްކުރެއްވިއެވެ. އޭއައި ސިސްޓަމްތައް އަވަސް ދުވެލީގައި ކުރިއަރަމުންދާތީ، އިންސާނީ އުސޫލުތަކާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ ކުރިން، 2025 ގެ މާރިޗު މަހު، ޑީޕްމައިންޑްގެ ލަންޑަން އޮފީހުގައި ވާހަކަދައްކަވަމުން ހަސަބިސް ވިދާޅުވެފައިވަނީ އިންސާނުންނަށްވުރެ ބުއްދިވެރި އާޓިފިޝަލް ޖެނެރަލް އިންޓެލިޖެންސް (އޭޖީއައި) އަންނަ 5 ކާއި 10 އަހަރުގެ ތެރޭގައި ފެންނަން ފަށާނެ ކަމަށް އޭނާ ޤަބޫލުކުރައްވާ ކަމަށެވެ.

"މިހާރު ހުރި ސިސްޓަމްތައް އެހާ ރަނގަޅެއް ނޫން. އެހެންނަމަވެސް އަަޅުގަނޑުމެންނަށް ނުކުރެވޭ ކަންތައްތައް އެ ސިސްޓަމްތަކުން ކުރޭ. އަދި އަންނަ 5 ކާއި 10 އަހަރުގެ ތެރޭގައި މި މި ސިސްޓަމްތައް މާ ކުޅަދާނަވެ، އަޅުގަނޑުމެން އާޓިފިޝަލް ޖެނެރަލް އިންޓެލިޖެންސްގެ ޒަމާނަށް ވަދެވޭނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ" ހަސަބިސް ވިދާޅުވިއެވެ.

އޭޖީއައި އަކީ އިންސާނުން ކުރާ ހުރިހާ ބުއްދިވެރި މަސައްކަތްތަކެއް ކުރެވޭނެ ސިސްޓަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، އަދދި އޭޖީއައި އުފެއްދުމަށް ތައްޔާރުވެފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިހާރު ހުރި އޭއައި ސިސްޓަމްތަކުން ވަކި ވަކި މަސައްކަތްތައް ފާހަގަކޮށްލެވޭ ގޮތަށް ކުރެވުނު ނަމަވެސް، އަދިވެސް ގިނަ މަސައްކަތްތަކެއް އެ ސިސްޓަމްތަކަށް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.


                    


                    

މި ލިޔުން ކިޔާލުމުން

Ads by MSS