ދުނިޔެ

10 އަހަރު ވަންދެން ފައިސާ ރައްކާކޮށްގެން ގަތް ފެރާރީ ގަޑިއެއްހާ އިރުތެރޭ އަނދައިފި

10 އަހަރު ވަންދެން ފައިސާ ރައްކާކޮށްގެން ގަތް ފެރާރީ ގަޑިއެއްހާ އިރުތެރޭ އަނދައިފި

ފެރާރީ 458 ސްޕައިޑަރ ކާރު އަނދާފައި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 އޭޕްރީލު 2025، 03:39

23 އޭޕްރީލު 2025، 03:39

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި، 10 އަހަރު ވަންދެން ފައިސާ ރައްކާކޮށްގެން ގަތް ފެރާރީ ކާރެއް ގަތުމަށްފަހު ގަޑިއިރެއްގެ ތެރޭގައި އަނދައިގެން ހަލާކުވެއްޖެއެވެ.

މިއުޒިކް ޕްރޮޑިއުސަރެއް ކަމަށްވާ 33 އަހަރުގެ ހޮންކޮން، 16 އޭޕްރިލްގައި ގަތް ފެރާރީ 458 ސްޕައިޑަރ ކާރު، ޝުޓޯ އެކްސްޕްރެސްވޭގައި ދުއްވަމުން ދަނިކޮށް ކުއްލިއަކަށް އަލިފާން ރޯވެ، މުޅި ކާރު އަނދައިގެން ހަލާކުވިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.

ހޮންކޮން ބުނި ގޮތުގައި، އޭނާގެ ހުވަފެން ހަގީގަތަކަށް ވުމަށްފަހު މިނެޓުތަކެއްގެ ތެރޭގައި ނުރައްކާތެރި ކަންތައްގަނޑަކަށް ބަދަލުވެގެން ދިޔައެވެ. "އަހަރެންގެ ފެރާރީ ޑެލިވަރީ ކުރުމަށްފަހު ގަޑިއިރެއްގެ ތެރޭގައި އަޅިއަށް ބަދަލުވެއްޖެ. މުޅި ޖަޕާނުގައި މިކަހަލަ ކަމެއް ދިމާވި ހަމައެކަނި މީހަކީ އަހަރެންހެން ހީވަނީ،" ހޮންކޮން އެކްސް ގައި ލިޔުނެވެ.



މި ހާދިސާ ހިނގި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ. މެޓްރޮޕޮލިޓަން ޕޮލިސް ޑިޕާޓްމަންޓުން މިހާރު ވަނީ މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ. ގާތްގަނޑަކަށް 324,995   ޑޮލަރުގެ  އަގުހުރި މި ކާރު އަނދައިގެން ދިޔުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ހޮންކޮނަށް ހަމްދަރުދީ ފާޅުކޮށްފައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS