Ads by Aqeeqa Maldives

ޚަބަރު

ރައީސް މުޢިއްޒު ޒުވާނުންގެ ޕޮޑްކާސްޓް "ސްޕޮޓް އޮން!" ގެ ފުރަތަމަ އެޕިސޯޑުގައި ބައިވެރިވެވަޑައިގެންފި

ރައީސް މުޢިއްޒު ޒުވާނުންގެ ޕޮޑްކާސްޓް "ސްޕޮޓް އޮން!" ގެ ފުރަތަމަ އެޕިސޯޑުގައި ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު"ސްޕޮޓް އޮން!" ޕޮޑްކާސްޓްގައި ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 އޭޕްރީލު 2025، 08:51

22 އޭޕްރީލު 2025، 08:51

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީޑިއާ ޕްލެޓްފޯމް "ދެނޯ" އިން ތައާރަފުކުރި ޒުވާނުންނަށް އަމާޒުކޮށްގެން ތައްޔާރުކުރާ އައު ޕޮޑްކާސްޓް "ސްޕޮޓް އޮން!" ގެ ފުރަތަމަ އެޕިސޯޑުގައި ބައިވެރިވެވަޑައިގެންފިއެވެ.

ނަޒާ ހޯސްޓްކުރި މި އެޕިސޯޑުގައި ސިޔާސަތާއި، އަޑުއިވޭ ވާހަކަތަކާއި، ޒުވާނުންގެ އަޑު ހިމެނޭގޮތަށް ފަސޭހަ މާހައުލެއްގައި މަޝްވަރާތަކެއް ކުރެވި ޒުވާނުންނާއި ގުޅޭ ގިނަ ސުވާލްތަކަކަށް ރައީސް ޖަވާބްދެއްވިއެވެ.

"ކެޕް ނުވަތަ ފެކްޓް؟" ގެ ނަމުގައި ކުރިއަށްގެންދިޔަ ސެގްމެންޓެއްގައި ރައީސް ވަނީ ގިނަ ވާހަކަތަކަކަށް ޖަވާބުދެއްވާ އެކަމުގެ ތެދު ދޮގު އޮޅުން ފިލުވައިދެއްވާފައެވެ. އަދި ދިވެހި ޒުވާނުން ހުށަހެޅި ފަސް މުހިންމު ސުވާލަކަށް ޖަވާބުދެއްވުމުގެ އިތުރުން، ޕްރޮގްރާމްގެ ހޯސްޓާ ސުވާލުކުރައްވައި ޕޮޑްކާސްޓް އިތުރަށް ފުރިހަމަކޮށްދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ބާރުވެރި ޤާބިލް ބަޔަކަށް ޒުވާނުން ހެދުމަށް ގިނަ މަސައްކަތްތަކެއް ވަނީ ފައްޓަވާފައެވެ. ޤައުމީ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތުދެއްވުމުގެ އިތުރުން، އެކި ކަންކަމުގައި ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ރައީސުލްޖުމްހޫރިއްޔާއަށް ހުށައެޅޭނެ އިންތިޒާމުހަމަޖައްސަވައިދެއްވާ ރައްޔިތުންނާއި ގާތުން ރައްޔިތުން ޝާމިލްވާ ސަރުކާރެއް ހިންގުމަށް ރައީސް ޚާއްސަ އަހައްމިއްޔަތު ކަމެއް ދެއްވައެވެ. 


މި ލިޔުން ކިޔާލުމުން

Ads by MSS