Ads by Aqeeqa Maldives

ޚަބަރު

ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ މުހިންމު މަޝްވަރާތަކެއް ވަޒީރުންގެ މަޖިލީހުގައި ފަށައިފި

ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ މުހިންމު މަޝްވަރާތަކެއް ވަޒީރުންގެ މަޖިލީހުގައި ފަށައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުން ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 އޭޕްރީލު 2025، 04:17

22 އޭޕްރީލު 2025، 04:17

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއްގައި، ސަރުކާރުން އެންމެ އިސްކަންދީގެން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ފަށައިފިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި، ވަޒީރުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުން އެންމެ އިސްކަންދީގެން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކޮށް މަޝްވަރާކުރުމެވެ.



ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވިގޮތުގައި، މި ބައްދަލުވުމުގައި ވަޒީރުން އެ ބޭފުޅުންގެ ވުޒާރާތަކުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ. އަދި މި މަޝްރޫޢުތަކުގެ މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން، މިހާރު ކަނޑައަޅާފައިވާ ސުންގަޑިތަކަށް މަސައްކަތްތައް ނިންމުމަށް ކުރެވޭ މަސައްކަތްތަކާއި، އިތުރަށް ބޭނުންވާ ވަސީލަތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވި، އެކަންކަމަށް ޙައްލު ހޯދުމަށް މަސައްކަތްކުރެވުނެވެ.


މި ލިޔުން ކިޔާލުމުން

Ads by MSS