ދުނިޔެ

ޣައްޒާގެ ހަނގުރާމަ ނިންމުމަށް ޤަތަރާއި މިޞްރު އައު ހުށަހެޅުމެއް ހުށަހަޅައިފި

ޣައްޒާގެ ހަނގުރާމަ ނިންމުމަށް ޤަތަރާއި މިޞްރު އައު ހުށަހެޅުމެއް ހުށަހަޅައިފި

ޣައްޒާގެ ހަނގުރާމަ ނިންމުމަށް ޤަތަރާއި މިޞްރު އައު ހުށަހެޅުމެއް ހުށަހަޅައިފި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 އޭޕްރީލު 2025، 04:10

22 އޭޕްރީލު 2025، 04:10

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިންމުމަށްޓަކައި ޤަތަރާއި މިޞްރުން އައު ހުށަހެޅުމެއް ހުށަހަޅައިފިއެވެ. މި ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ މުޅިން ހުއްޓުވުމެވެ.

ފަލަސްޠީނުގެ އިސް އޮފިޝަލެއް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހުށަހެޅުމުގައި ހިމެނެނީ 5 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމާއި، ފަލަސްޠީނު ޤައިދީންނާއި އިސްރާއީލުގެ ރަހީނުން ދޫކޮށްލުމާއި، ހަނގުރާމަ ނިމުނު ކަމަށް ރަސްމީކޮށް އިޢުލާނުކުރުމާއި، އަދި ޣައްޒާއިން އިސްރާއީލުގެ ސިފައިން އެއްކޮށް ފޭބުމެވެ.

މި ހުށަހެޅުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމާސްގެ އިސް ވަފުދެއް ޤާހިރާއަށް ދަތުރުކުރަން ވަނީ ނިންމާފައެވެ. މި ވަފުދުގައި ހިމެނެނީ ހަމާސްގެ ސިޔާސީ ކައުންސިލުގެ އިސްވެރިޔާ މުޙައްމަދު ދަރުވީޝްއާއި، ޗީފް ނެގޯޝިއޭޓަރ ޚަލީލް އަލް-ހައްޔާއެވެ.

މީގެ ކުރިން ހަނގުރާމަ ހުއްޓުވުމަށް ކުރެވުނު މަސައްކަތް ނާކާމިޔާބުވެ، އިސްރާއީލުން ޣައްޒާއަށް އަލުން ހަމަލާންދޭން ފެށުމާ ގުޅިގެން، ދެފަރާތުން އެއްބަޔަކު އެނެއްބަޔަކަށް އިލްޒާމު އަޅުވާފައިވެއެވެ.

މި އައު ހުށަހެޅުމާ ގުޅޭގޮތުން އިސްރާއީލުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި ކުރިން އިސްރާއީލުން ހުށަހެޅި 6 ހަފުތާގެ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުން ހަމާސްއިން ވަނީ ބަލައިނުގަނެ ދޫކޮށްލާފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވިދާޅުވެފައިވަނީ ހަމާސް ފުރިހަމައަށް ބަލިކޮށް، ހުރިހާ ރަހީނުން ދޫކޮށްލުމުން ނޫނީ ހަނގުރާމަ ނުހުއްޓުވާނެ ކަމަށެވެ. އެހެންނަމަވެސް ހަމާސްއިން ބުނެފައިވަނީ ހަނގުރާމަ ހުއްޓާލާނެކަމުގެ ޔަޤީންކަން ދިނުމުން ނޫނީ ރަހީނުން ދޫކޮށްނުލާނެ ކަމަށެވެ.

ފަލަސްޠީނުގެ އޮފިޝަލް އިތުރަށް ހާމަކުރެއްވި ގޮތުގައި، ހަމާސްއިން  ޣައްޒާ ޙަވާލުކުރަން ބޭނުންވަނީ ފުޅާ ޤައުމީ އަދި ސަރަޙައްދީ ތާއީދު ލިބިފައިވާ ފަލަސްޠީނު އޮތޯރިޓީއަކަށެވެ. އެހެންނަމަވެސް ނެތަންޔާހޫ ވަނީ ޣައްޒާގެ މުސްތަޤުބަލުގެ ވެރިކަމުގައި ފަލަސްޠީނު އޮތޯރިޓީ ބައިވެރިނުކުރާނެ ކަމަށް ސާފުކޮށް ވިދާޅުވެފައެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS