Ads by Aqeeqa Maldives

ޚަބަރު

ހުޅުމާލޭގެ 700 އަށްވުރެ ގިނަ ފްލެޓުގެ މަރާމާތު އެފްޑީސީން ބަލަހައްޓަން ނިންމައިފި

ހުޅުމާލޭގެ 700 އަށްވުރެ ގިނަ ފްލެޓުގެ މަރާމާތު އެފްޑީސީން ބަލަހައްޓަން ނިންމައިފި

އެފްޑީސީއިން ކުރިއަށްގެންދާ އިންސްޕެކްޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 އޭޕްރީލު 2025، 07:57

22 އޭޕްރީލު 2025، 07:57

ހުޅުމާލޭގައި ހައުސިން މިނިސްޓްރީން ބަލަހައްޓަމުން އައި 700 އަށްވުރެ ގިނަ ފްލެޓުގެ މަރާމާތުގެ މަސައްކަތް ފެހި ދިވެހިރާއްޖެ ކުންފުނި (އެފްޑީސީ) އިން ހަވާލުވާން ނިންމައިފިއެވެއެވެ. މިކަން އެނގުނީ އެފްޑީސީން  ކުރި އިއުލާނަކުންނެވެ.

އެފްޑީސީން ބުނި ގޮތުގައި، ހުޅުމާލޭގައި މީހުން ދިރިއުޅޭ 704 ފްލެޓަށް ވަކިވަކިން ޒިޔާރަތްކޮށް، މިއަންނަ ބުރާސްފަތި ދުވަހާ ހަމައަށްމައަށް ސާވޭއެއް ކުރިއަށް ގެންދާނެއެވެ. މި އިންސްޕެކްޝަންގެ މައިގަނޑު މަޤްޞަދަކީ އެފްޑީސީން އެ އިމާރާތްތަކާ ހަވާލުވުމުގެ ކުރިން މިހާރުގެ ހާލަތު ދެނެގަތުން ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.



އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވި ގޮތުގައި، އެސެސްމަންޓް ނިންމުމަށްފަހު ހައުސިން މިނިސްޓްރީއާ ގުޅިގެން އިދާރީ މަސައްކަތް ބަދަލުކުރެވޭނެއެވެ. އަދި އިންސްޕެކްޝަން ކުރިއަށް ގެންދާ ޓީމަށް އެއްބާރުލުން ދިނުމަށް އެފްޑީސީން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

މިހާތަނަށް ހުޅުމާލެ ފޭސް 1 ގައި އިމާރާތްކޮށްފައިވާ ބައެއް ފްލެޓުތައް ބަލަހައްޓަމުން އައީ ހައުސިން މިނިސްޓްރީންނެވެ. އަދި ބާކީ ފްލެޓުތަކުގެ މަރާމާތުގެ ޒިންމާ ހަވާލުކޮށްފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެވެ. މި ބަދަލާއެކު، އެފްޑީސީން ހުޅުމާލޭގެ ގިނަ ފްލެޓުތަކެއްގެ މަރާމާތުގެ މަސައްކަތް ބަލަހައްޓަމުން ގެންދާނެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS