Ads by Aqeeqa Maldives

ޚަބަރު

އަސްކަރިއްޔާ ބާރުވެރިކުރުމުން ޤައުމުގެ މިނިވަންކަން ހިމާޔަތްކޮށް އިންވެސްޓަރުންގެ ޔަޤީންކަން އިތުރުވާނެ: ދިފާޢީ ވަޒީރު

އަސްކަރިއްޔާ ބާރުވެރިކުރުމުން ޤައުމުގެ މިނިވަންކަން ހިމާޔަތްކޮށް އިންވެސްޓަރުންގެ ޔަޤީންކަން އިތުރުވާނެ: ދިފާޢީ ވަޒީރު

133 ވަނަ ސިފައިންގެ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 އޭޕްރީލު 2025، 07:53

22 އޭޕްރީލު 2025، 07:53

އަހަރުތަކަކަށްފަހު އަސްކަރިއްޔާ ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ޤައުމުގެ މިނިވަންކަން ހިމާޔަތްކޮށް އިންވެސްޓަރުންގެ ޔަޤީންކަން ދަމަހައްޓަން ލިބިދޭ ޔަޤީންކަމެއް ކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

އަސްކަރިއްޔާ ބާރުވެރިކުރުމުން ޤައުމުގެ މިނިވަންކަން ހިމާޔަތްކޮށް އިންވެސްޓަރުންގެ ޔަޤީންކަން އިތުރުވާނެ: ދިފާޢީ ވަޒީރު

ސިފައިންގެ 133ވަނަ އަހަރީ ދުވަހުގެ ޖަލްސާގެ ތެރެއިން

ދިފާޢީ ވަޒީރު މިހެން ވިދާޅުވީ ރޭގަ ބޭއްވުނު 133 ވަނަ ސިފައިންގެ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދިފާޢީ ވަޒީރު ވިދާޅުވީ، ސިފައިންގެ މުއައްސަސާއަށް ފުރޭ ކޮންމެ އަހަރަކީ ޢިބުރަތް ހާސިލްކޮށް ކުރިމަގު ބައްޓަން ކުރުމަށް ލށް ލިބޭ ފުރުޞަތެއް ކަމަށެވެ.

ދިވެހިންނަކީ އަބަދުވެސް ޤައުމު ދިފާޢު ކުރުމުގެ ފަޚުރުވެރި ތާރީޚެއް އޮތް ރައްޔިތަކު ދިރިއުޅޭ ޤައުމެއް. ނަމަވެސް ދިވެހިންނަކީ އެއްވެސް އިރެއްގައި އިސްވެ ހަނގުރާމަކުރި، އަދި އެއްވެސް ޤައުމަކާ ހަނގުރާމަކުރާނެ ބައެއް ނޫން. މިއަދުގެވެސް ސިޔާސަތަކީ އެއީ 

ދިފާޢީ ވަޒީރު

ވަޒީރު ޣައްސާން އިތުރަށް ވިދާޅުވީ، އަސްކަރީ ޤާބިލިއްޔަތުކަން އިތުރުކުރުމަށް ކުރަންޖެހޭ މުހިންމު  މަސައްކަތްތަކެއް އަދުގެ ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގެން ކުރައްވަމުން ގެންދަވާ ކަމަށެވެ. މިގޮތުން ވެރިކަމާ ހަވާލުވެ އެމަނިކުފާނު ދެންމެވި 'ރަތްރޮނގު' އަދި އެ ރަތް ރޮނގުގެ އެތެރެ ހިމާޔަތްކުރުމުގައި ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އަސްކަރިއްޔާ ބާރުވެރިކުރުމުން ޤައުމުގެ މިނިވަންކަން ހިމާޔަތްކޮށް އިންވެސްޓަރުންގެ ޔަޤީންކަން އިތުރުވާނެ: ދިފާޢީ ވަޒީރު

ސިފައިންގެ 133ވަނަ އަހަރީ ދުވަހުގެ ޖަލްސާގެ ތެރެއިން

ވޭތުވެދިޔަ އަހަރުތަކުގައި ޤައުމުގެ އަސްކަރިއްޔާގެ ކުރިއެރުމާއި މިނިވަންކަން ދިފާޢުކުރުމަށް ކުރަންޖެހިފައިއޮތް އެތައް ކަމެއް ނުކުރެވި ހުރިކަން ފާހަގަކުރައްވަމުން ދިފާޢީ ވަޒީރު ވިދާޅުވީ، އޭގެ ސަބަބުން އެތައް ނުރައްކަލަކަށް ޤައުމު ހުށަހެޅުނު ކަމަށެވެ.

15 ވަރަކަށް އަހަރަށްވުރެ ގިނަ ދުވަހު އިޖާބަ ނުދެވި އިހުމާލުވެފައިވާ ކަންތައްތަކެއް. މި އިހުމާލުގެ ސަބަބުން އަޅުގަނޑުމެންގެ ފަސްގަނޑުން ސީދާ ހަރަކާތްތަކެއް ފެނިފައިވޭ. ވޭތުވެ ދިޔަ 10 ވަރަކަށް އަހަރު ތެރޭގައި ދިވެހި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް ސީދާ އަސަރުކުރާ ފަދަ ނުރައްކާތެރި ނިރުބަވެރި ހަމަލާތައް ފަސޭހަކަމާއެކު ޤައުމުގެ އިސްވެރިންނަށް ދިނުމުގެ ޖާގަ ލިބިފައިވަނީ މިދެންނެވި އިހުމާލުވެ ޤައުމަށް ވުރެ އެހެން ކަންކަން އިސްކުރީމަ 

ވަޒީރު

ދިފާޢީ ވަޒީރު އިތުރަށް ވިދާޅުވީ، އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ރައްޔިތުން ވެރިކަން ހަވާލުކުރެއްވީ މި މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަމާއެކު ކަމަށެވެ. އަދި މިހާތަނަށް ވައިގެ ބާރު އުފައްދަވައި، އެއްގަމުގެ ބާރާއި މެރީން ކޯ ކުރިއަރުވަން މުހިއްމު މަސައްކަތްތަކެއް ކުރެއްވިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މިއީ މިނިވަން މުސްތަޤިއްލު ކޮންމެ ޤައުމަކުން ހޯދަން މަޖުބޫރު ވަސީލަތްތައް. މިނިވަންކަން ހިމާޔަތްވެފައި އޮތުން، އަމާން މުޖްތަމަޢުއެއް ޤާއިމްވެފައި އޮތުން. މިއީ އިޤްތިޞާދީ ގޮތުން ފިކުރުކޮށްލި ކަމުގައިވިއަސް ޤައުމުތަކާއި މެދު އިންވެސްޓަރުންގެ ކޮންފިޑެންސް ނުވަތަ ޔަޤީންކަން އިތުރުކޮށްދޭ ކަމުގެ ހެއްކެއް  

ވަޒީރު ޣައްސާން

ދިފާޢީ ވަޒީރު އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ، ދިވެހި ސިފައިންގެ އަސްކަރީ ޤާބިލިއްޔަތުކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮށްދެއްވާ މަސައްކަތަށް އެންމެހާ ސިފައިންގެ ނަމުގައި ޝުކުރު އަދާކުރައްވަމުންނެވެ. އަދި ސިފައިން 24 ގަޑިއިރު ކުރައްވަމުން ގެންދަވާ ޚިދުމަތް ފާހަގަކޮށް، ސިފައިން ޤައުމީ ޚިދުމަތުގައި އަމިއްލަ ނަފްސަށް ވުރެ ޤައުމު އިސްކުރުމަށް ގޮވާލައްވާފައިވެއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ބައިވެރިވެ ވަޑައިގެންނެވިއެވެ.
                    


                    

މި ލިޔުން ކިޔާލުމުން

Ads by MSS