Ads by Aqeeqa Maldives

ޚަބަރު

ސިފައިންގެ "ހަށިހެޔޮކަމުގެ ކުލަ" ރައީސް މުޢިއްޒު އިފްތިތާޙުކުރައްވައިފި

ސިފައިންގެ "ހަށިހެޔޮކަމުގެ ކުލަ" ރައީސް މުޢިއްޒު އިފްތިތާޙުކުރައްވައިފި

ސިފައިންގެ "ހަށިހެޔޮކަމުގެ ކުލަ" ރައީސް މުޢިއްޒު އިފްތިތާޙުކުރައްވަނީ ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 އޭޕްރީލު 2025، 07:39

22 އޭޕްރީލު 2025، 07:39

 ދިވެހި ޤައުމީ ދިފާޢީ ބާރުގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ޚާއްޞަ ޖަލްސާއެއްގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ސިފައިންގެ އައު ޝަރަފުގެ ނިޝާން "ހަށިހެޔޮކަމުގެ ކުލަ" ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.

ސިފައިންގެ

ސިފައިންގެ "ހަށިހެޔޮކަމުގެ ކުލަ"

މި އައު ޝަރަފުގެ ނިޝާނަކީ ސިފައިންގެ ޝަރަފުގެ ނިޝާންތަކުގެ ތެރެއިން އެޗީވްމަންޓް އެވޯޑްގެ ގިންތިއަށް އަލަށް އިތުރުކުރެވުނު ނިޝާނެކެވެ. މި ނިޝާން ދެވޭނީ ހަށިހެޔޮކަމުގެ އަސާސީ މިންގަނޑުގެ އެންމެ މަތީ ފެންވަރުގައި ތިބޭ ސިފައިންނަށެވެ.

ރައީސް މުޢިއްޒުގެ ނިންމެވުމަކާ ގުޅިގެން ތަޢާރަފުކުރެވުނު މި އައު ނިޝާނުގެ މަޤްޞަދަކީ ސިފައިންގެ މެދުގައި ހަށިހެޔޮކަން މަތީ ފެންވަރެއްގައި ދެމެހެއްޓުމަށް ހިތްވަރު ދިނުމާއި، އެކަމަށް މަސައްކަތްކުރާ ސިފައިންގެ ހިތްވަރުގަދަ މަސައްކަތް ފާހަގަކުރުމެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS