Ads by Aqeeqa Maldives

ޚަބަރު

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މައްސަލަތައް ބަލައިގަންކަމުގެ އެސް.އެމް.އެސް ފޯނަށް!

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މައްސަލަތައް ބަލައިގަންކަމުގެ އެސް.އެމް.އެސް ފޯނަށް!

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މައްސަލަތައް ބަލައިގަންކަމުގެ އެސް.އެމް.އެސް ފޯނަށް!

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 އޭޕްރީލު 2025، 03:26

21 އޭޕްރީލު 2025، 03:26

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އައު ނިޒާމެއް ތަޢާރަފުކޮށްފިއެވެ. މި ނިޒާމުގެ ދަށުން، ވުޒާރާއަށް ހުށަހަޅާ މައްސަލަތަކާ ގުޅޭ އަދާހަމަ މަޢުލޫމާތު އެސް.އެމް.އެސް މެދުވެރިކޮށް ލިބޭނެއެވެ.

މި ނިޒާމު ތަޢާރަފުކުރުމުގެ ކުރިން، ވުޒާރާއިން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭގޮތުން ޚިދުމަތް ހޯދާފައިވާ ފަރާތްތަކުގެ ޚިޔާލު ހޯދައި، ޚިދުމަތުގެ ފެންވަރާއި އިތުރަށް ރަނގަޅުކުރެވިދާނެ ކަންތައްތަކާ ގުޅޭ މަޢުލޫމާތު އެއްކުރެވުނެވެ. މި ދިރާސާއިން ދައްކާގޮތުގައި، އަމިއްލަ ފަރާތްތަކުން ހުށަހަޅާ މައްސަލަތައް ހުށަހެޅިކަން އެނގޭނެ ގޮތެއް ނެތުމާއި، މައްސަލައާ ގުޅޭ އަދާހަމަ މަޢުލޫމާތު ލިބުމުގައި ލަސްތަކެއްވާކަމީ ވުޒާރާއަށް ލިބޭ އެންމެ ބޮޑު އެއް ޝަކުވާއެވެ.

މި ކަންބޮޑުވުންތަކަށް ޙައްލެއް ހޯދުމުގެ ގޮތުން، އަމިއްލަ ފަރާތްތަކުން ވުޒާރާއަށް ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ މަޢުލޫމާތު، ހުށަހަޅާ ލިޔެކިޔުމުގައި ބަޔާންކޮށްފައިވާ ފޯނު ނަންބަރަށް އެސް.އެމް.އެސްގެ ޒަރީޢާއިން ލިބޭނެ ނިޒާމެއް މިހާރު ވަނީ ތަޢާރަފުކުރެވިފައެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި،  ވުޒާރާއިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ ރައްޔިތުންނާ ގާތުން، ލުއިފަސޭހަ ގޮތަކަށް، އޯގާތެރިކަމާއި ހިތްހެޔޮކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށެވެ. މި އައު ނިޒާމަކީ އެ މަޤްޞަދު ޙާޞިލުކުރުމަށް އެޅޭ އިތުރު ފިޔަވަޅެކެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS