Ads by Aqeeqa Maldives

ޚަބަރު

ފަތުރުވެރިކަމުގެ ކުރިއެރުމާއެކު ދައުލަތުގެ އާމްދަނީ އިތުރުވެއްޖެ

ފަތުރުވެރިކަމުގެ ކުރިއެރުމާއެކު ދައުލަތުގެ އާމްދަނީ އިތުރުވެއްޖެ

ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިން ފޮޓޯ:އަވަސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 އޭޕްރީލު 2025، 02:27

21 އޭޕްރީލު 2025، 02:27

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އިތުރުވެ، ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 19ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 764،229 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 7.3 އިންސައްތައިގެ އިތުރުވުމެކެވެ.ެވެ. އަދި މިމަހުގެ މިހާތަނަށް ރާއްޖެއަށް 131،811 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 21.5 އިންސައްތައިގެ އިތުރުވުމެކެވެ.

މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފަތުރުވެރިކަމާ ސީދާ ގުޅިފައިވާ އާމްދަނީތަކުގެ ގޮތުގައި މިއަހަރުގެ ފެބުރުވަރީ އަދި މާޗް މަހު ދައުލަތަށް ލިބުނު އާމްދަނީ 3.3 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވެއެވެ. މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 12.4 އިންސައްތައިގެ އިތުރުވުމެކެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 7000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރަމުންދާއިރު، ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން (70.1 އިންސައްތަ) ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އަދި 24.4 އިންސައްތަ މީހުން ގެސްޓްހައުސްތަކުގައި، 3 އިންސައްތަ މީހުން ހޮޓެލްތަކުގައި އަދި 2.5 އިންސައްތަ މީހުން ސަފާރީތަކުގައި ޗުއްޓީހޭދަކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS