Ads by Aqeeqa Maldives

ޚަބަރު

ބަންކަރިންގެ ޚިދުމަތް ފުޅާކުރުމަށް އުތުރުގައި ޕޯޓެއް ތަރައްޤީކުރަނީ

ބަންކަރިންގެ ޚިދުމަތް ފުޅާކުރުމަށް އުތުރުގައި ޕޯޓެއް ތަރައްޤީކުރަނީ

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 އޭޕްރީލު 2025، 01:44

21 އޭޕްރީލު 2025، 01:44

 ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް މެދުނުކެނޑި ކުރިއަށްދާ ކަމަށާއި، މި ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އުތުރުގައި ތަރައްޤީކުރާ ޕޯޓުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު މިހެން ވިދާޅުވެފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ.

ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށިފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ފެށުމަށް ސަރުކާރުން 15 އާއި 20 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އިންވެސްޓްކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އުތުރުގައި އޮފް ޕޯޓު އޭރިއާއެއް މިހާރު ތަރައްޤީކުރެވިފައިމިވަނީ، ޕޯޓެއް ނެތި ފެށީވެސް މިކަން އަވަހަށް ފެށުމަށް، އުތުރުގައި ޕޯޓު ތަރައްޤީކުރުމުގެ މަސައްކަތްދަނީ އެމަސައްކަތް ހަވާލުކޮށްފައިވާ ކުންފުންޏާއި އެކު ކުރެވެމުން  

ވަޒީރު

ވަޒީރު އިތުރަށް ވިދާޅުވީ ބަންކަރިންގެ ޚިދުމަތް ދެމުންދަނީ އެސްޓީއޯއިން ކަމަށާއި، މި ޚިދުމަތުން ރަނގަޅު އާމްދަނީއެއް ލިބެމުންދާ ކަމަށެވެ. އަދި އިންޓަރނޭޝަނަލް ބަންކަރިންގއާ ބެހޭ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި، ބަންކަރިންގެ ވިޔަފާރިކުރާ ފަރާތްތަކަށް ބޭންކުތައް މެދުވެރިކޮށް މާލީ އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދިނުމަށްވެސް މަސައްކަތްކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ބަންކަރިންގެ ޚިދުމަތަށް ޓަރމިނަލް ގާއިމުކުރުމުން ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތް ރާއްޖޭގައި އިތުރަށް ފުޅާވެގެންދާނެ ކަމަށްވެސް ވަޒީރު ސަޢީދު ވިދާޅުވިއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS