ދީން

އަނެކާގެ ދަރަޖައަށް ތިމާވެއްޓެން ޖެހޭ ސަބަބަކީ ކޮބައިހެއްޔެވެ؟

އަނެކާގެ ދަރަޖައަށް ތިމާވެއްޓެން ޖެހޭ ސަބަބަކީ ކޮބައިހެއްޔެވެ؟

އަނެކާގެ ދަރަޖައަށް ތިމާވެއްޓެން ޖެހޭ ސަބަބަކީ ކޮބައިހެއްޔެވެ؟

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 އޭޕްރީލު 2025، 06:26

20 އޭޕްރީލު 2025، 06:26

އަހަރެމެންގެ ދިރިއުޅުމުގައި، މީހަކު އަހަރެމެންނާމެދު ނުބައިކޮށް ކަންތައް ކުރުމުން ހިތްދަތިވުމާއި ހިތްހަމަނުޖެހުމަކީ ވެދާނެކަމެކެވެ.ޠަބީޢީ ގޮތުން އަހަރެމެންނަށް ގިނަފަހަރު ޖަވާބްދާރީވެވޭ އުސޫލަކީ "އޭނާ އަހަންނާމެދު ނުބައިކޮށް ކަންތައް ކުރީމާ، އަހަރެންވެސް އޭނާއާމެދު އެގޮތަށް ކަންތައް ކުރާނަމޭ."ނުވަތަ " މިނާނީ މިނެދިން ނާޅިއަކުންނޭ" މިފަދައިންނެވެ. އެހެނަސް މުސްލިމުންގެ ހައިސިއްޔަތުން، އަހަރެމެންނަށް އުނގަންނައިދެނީ މާ މަތިވެރި މިންގަނޑެކެވެ - ރުޅިވެރިކަމާއި ބަދަލުހިފުމުގެ ރޫހުން އެއްކިބާވެގެންވާ މާރިވެތި މިންގަނޑުތަކެކެވެ.

މާތް ﷲ ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ:

وَلَا تَسْتَوِي الْحَسَنَةُ وَلَا السَّيِّئَةُ ۚ ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ


ރަނގަޅު ކަންތަކާއި، ނުބައިކަންތައް ހަމަހަމަވެގެނެއް ނުވެތެވެ. އެންމެހެޔޮ، ރިވެތިގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ. ފަހެ، އެހާރުން ތިބާއާ އޭނާއާ ދެމެދުގައި ޢަދާވަތްތެރިކަމެއްވާ މީހާ، ގާތް ރަޙްމަތްތެރިޔަކު ފަދައިން ވެދާނެތެވެ.

(ސޫރަތު ފުއްޞިލަތު 41:34)

މި އާޔަތުން އަހަރެމެންނަށް އުނގަންނައިދެނީ ހިތްހެޔޮކަމަށް ހިތްތައް މަޑުމައިތިރިކުރުވުމުގެ ކުޅަދާނަކަން ލިބިގެންވާކަމެވެ. މީހަކު އަހަރެމެންނަށް އަނިޔާވެރިވިޔަސް، އިސްލާމްދީނުން އަހަރެމެންނަށް ބާރުއަޅަނީ ކެތްތެރިކަމާއި، މާފުކުރުމާއި، ހެޔޮކަމާއެކު ޖަވާބުދިނުމަށެވެ.

 އަހަރެމެންގެ ނަބިއްޔާ މުޙައްމަދު ﷺ އަކީ މިފަދަ ކަންކަމުގައި އެންމެ ރަނގަޅު އަދި އެންމެ ރިވެތި މިސާލެވެ. މީސްތަކުން އެކަލޭގެފާނަށް ފުރައްސާރަކޮށް، އަނިޔާކުރި ހިނދުގައިވެސް، އެކަލޭގެފާނު ހަރުކަށިކަމާއެކު ޖަވާބެއް ނުދެއްވައެވެ. އެކަލޭގެފާނު އިޚްތިޔާރުކުރެއްވީ ބަދަލުހިފުމުގެ ބަދަލުގައި ރަޙްމަތްތެރިވުމެވެ. އަބަދުވެސް އެދިވަޑައިގަންނަވަމުން ގެންދެވީ ހިދާޔަތާއި ޞުލްޙަވެރިކަމަށެވެ.

ހެޔޮކަމާއެކު ޖަވާބުދިނުމަށް އިޚްތިޔާރުކުރުމުގެ މާނައަކީ އަނިޔާވެރިކަން ޤަބޫލުކުރުމެއް ނޫނެވެ - އޭގެ މާނައަކީ އަހަރެމެންގެ އަޚްލާޤު ރައްކާތެރިކޮށް، މާތް ﷲ ރުހިވޮޑިގަތުން ހޯދުމުގެ މަގުގައި ދެމިތިބުމެވެ.

އެހެންކަމުން، ދެން ފަހަރަކު މީހަކު ތިމާއަށް އަނިޔާވެރިވާ ހިނދު، ހަނދާންކުރާށެވެ: އެކަމަށް ޖަވާބު ދިނުމުގެ ބަދަލުގައި އިސްލާމްދީން ތަމްސީލުކުރައްވާށެވެ. ސުލްހަޔާއެކު، ހެޔޮކޮށް ކަންތައްކޮށް، އަނިޔާވެރިވާމީހާއަށް ޙުކުމްކުރެއްވުމަށް މާތް ﷲ ގެ ހަޞްރަތަށް ދޫކޮށްލާށެވެ.


                    

މި ލިޔުން ކިޔާލުމުން