Ads by Aqeeqa Maldives

ޚަބަރު

ޕެޓިޝަރީ އެންޑް ބޭކިންގގެ ދާއިރާ ޤައުމީ އިނާމު ދެވޭ ދާއިރާތަކުގެ ތެރެއަށް އިތުރުކޮށްފި

ޕެޓިޝަރީ އެންޑް ބޭކިންގގެ ދާއިރާ ޤައުމީ އިނާމު ދެވޭ ދާއިރާތަކުގެ ތެރެއަށް އިތުރުކޮށްފި

ޤައުމީ އިނާމު ދިނުމުގެ ހަފްލާގެ ތެރެއިން ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 އޭޕްރީލު 2025، 04:57

20 އޭޕްރީލު 2025، 04:57

ޤައުމީ އިނާމާ ބެހޭ ކޮމިޓީން މިއަދު އާ ދާއިރާއެއް އިތުރުކޮށް، 2024 ވަނަ އަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މޭ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަހަރުގެ އައު އިތުރުކުރުމެއްގެ ގޮތުގައި، ޕެޓިޝަރީ އެންޑް ބޭކިންގގެ ދާއިރާ ވަނީ އިނާމު ދެވޭ ދާއިރާތަކުގެ ތެރެއަށް އިތުރުކޮށްފައެވެ. މި ދާއިރާއިން އިނާމު ދިނުމުގައި ކޮމިޓީން ބަލާނެ ކަންތައްތަކުގެ ތެރޭގައި ކޭކު އެޅުމާއި، ކޭކު ޑެކަރޭޓްކުރުމުގެ ފަންނު ކުރިއެރުވުމާއި، ޕޭސްޓްރީއާއި ތަފާތު ޑެޒާޓް އުފެއްދުން ހިމެނެއެވެ.

ޤައުމީ އިނާމުގެ ދެ ބާވަތެއް ވެއެވެ. އެއީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމެވެ. ޝަރަފުވެރިކަމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި، ޝަރަފުގުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. އަދި ހިތްވަރު ދިނުމުގެ އިނާމުގެ ގޮތުގައި ދެއްވާނީ ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ.

ޤައުމީ އިނާމަށް އެދޭ ފޯމު ހުށަހެޅުމަށް ދެ ގޮތެއް ވަނީ ހަމަޖައްސާފައެވެ. އެއީ https://apply.presidency.gov.mv މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނަށް ސީދާ ހުށަހެޅުމެވެ. މިއަހަރު ޤައުމީ އިނާމަށް ހުޅުވާލާފައިވަނީ ޖުމްލަ 39 ދާއިރާއަކުންނެވެ.

ކުރީ އަހަރުތަކެކޭ އެއްގޮތަށް، އަމިއްލަ ފަރާތްތަކަށާއި، އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށާއި، ކުންފުނި، ޖަމްޢިއްޔާ ޖަމާޢަތްތަކަށް ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް ސީދާ ނަން ހުށަހެޅުމުގެ ފުރުޞަތު ދެވިފައިވެއެވެ. މީގެ އިތުރުން، ސަރުކާރުގެ އިދާރާތަކަށާއި މިނިވަން މުއައްސަސާތަކަށްވެސް ނަން ހުށަހެޅުމުގެ ފުރުޞަތު ދެވިފައިވާކަން ފާހަގަކުރެވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS