ދުނިޔެ

އިންސްޓަގްރާމް ގަތުމުގެ މައިގަނޑު ސަބަބަކީ އޭގެ ކެމެރާ ފީޗަރ: މާކް ޒަކަބާގް

އިންސްޓަގްރާމް ގަތުމުގެ މައިގަނޑު ސަބަބަކީ އޭގެ ކެމެރާ ފީޗަރ: މާކް ޒަކަބާގް

މާކް ޒަކާބާގް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 އޭޕްރީލު 2025، 04:32

20 އޭޕްރީލު 2025، 04:32

މެޓާގެ ސީއީއޯ މާކް ޒަކަބާގް ވަނީ ވޮޝިންގްޓަންގައި ހިނގަމުންދާ އެންޓިޓްރަސްޓް ޝަރީއަތެއްގައި، އިންސްޓަގްރާމް ގަތުމުގެ މައިގަނޑު އެއް ސަބަބަކީ އޭރު ފޭސްބުކުން ތަރައްގީކުރަން މަސައްކަތްކުރަމުންދިޔަ ކެމެރާ ފީޗަރއަށްވުރެ އިންސްޓަގްރާމްގެ ކެމެރާ ފީޗަރ މާ ރަނގަޅުވުން ކަމަށް ހާމަކޮށްފައެވެ.

ބައައިނަލްއަގްވާމީ ނޫސް އޭޖެންސީ ރޮއިޓާޒްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ޒަކަބާގްގެ މި ބަޔާނުން ފެޑެރަލް ޓްރޭޑް ކޮމިޝަން (އެފްޓީސީ)ގެ މައްސަލަ ވަރުގަދަވެގެން ދިޔައެވެ. އެފްޓީސީން ތުހުމަތުކުރަނީ މެޓާއިން "ގަތުން ނުވަތަ ނައްތާލުން" ގެ ސިޔާސަތެއް ގެންގުޅެމުންދާ ކަމަށާއި، އެގޮތުން އަލަށް ފާޅުވަމުން އަންނަ ވާދަވެރިން ނައްތާލައި، އަމިއްލަ މޮނޮޕޮލީ ދެމެހެއްޓުމަށް މަސައްކަތްކުރާ ކަމަށެވެ.

ޝަރީއަތުގެ ދެވަނަ ދުވަހު ހެކިބަސް ދެމުން ޒަކަބާގް ބުނެފައިވަނީ، ފޭސްބުކާއި އިންސްޓަގްރާމްގެ ކެމެރާ އެޕްގެ ފެންވަރުގައި ބޮޑު ތަފާތެއް ހުރި ކަމަށާއި، އެކަމުގެ ސަބަބުން އިންސްޓަގްރާމް ގަތުމަށް ނިންމި ކަމަށެވެ.

އޭރު އަޅުގަނޑުމެން ކެމެރާ އެޕެއް ތަރައްގީކުރަން މަސައްކަތްކުރަމުން ދިޔައިން އެކަމަކު އިންސްޓަގްރާމްގެ ޕްރޮޑަކްޓް އަޅުގަނޑުމެންގެ އެޕަށްވުރެ ރަނގަޅުވުމުން، އިންސްޓަގްރާމް ގަންނަން ނިންމީ

ޒަކަބާގް

އޭނާ އިތުރަށް ބުނެފައިވަނީ ކުންފުނިން ކުރިން ވެސް އާ އެޕްތައް ތަޢާރަފުކުރަން ގިނަ ފަހަރު މަތިން މަސައްކަތްކޮށް ނާކާމިޔާބުވެފައިވާ ކަމަށެވެ.

"އާ އެޕެއް ތަރައްގީކުރުމަކީ ފަސޭހަ ކަމެއް ނޫން. އަޅުގަނޑުމެންގެ ތާރީޚުގައި އެތައް ފަހަރަކު އެޕް ތަރައްގީކުރަން މަސައްކަތްކޮށްފައިވޭ. އެކަމަކު ގިނަ އެޕްތަކަށް އަޅުގަނޑުމެން އުއްމީދުކުރި ވަރަށް ސަމާލުކަން ނުލިބުނު،" އޭނާ ބުނެފައިވެއެވެ.

ޝަރީއަތުގައި ހުށަހެޅުނު ހެކިތަކުގެ ތެރޭގައި ފޭސްބުކްގެ ބާނީ ފޮނުވާފައިވާ ކުރީގެ އީމެއިލެއް ހިމެނެއެވެ. އެ އީމެއިލްގައި އޭނާ ލިޔެފައިވަނީ "ވާދަކުރުމަށްވުރެ ގަތުން ރަނގަޅު" ކަމަށެވެ.

އެފްޓީސީން ތުހުމަތުކުރަނީ މެޓާއިން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ މޮނޮޕޮލީއެއް ދަމަހައްޓަމުންދާ ކަމަށެވެ. ޚާއްޞަކޮށް ރައްޓެހިންނާއި އނާއި އާއިލާއާއެކު ކޮންޓެންޓް ހިއްސާކުރުމަށް ބޭނުން ކުރާ ޕްލެޓްފޯމްތަކުގެ މޮނޮޕޮލީއެއް ދަމަހައްޓަމުންދާ ކަމަށެވެ. މި މައްސަލައިގައި ސްނެޕްޗެޓާއި ޕްރައިވެޓް ސޯޝަލް އެޕް މީވީ ވެސް މިސާލުގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ނަމަވެސް މެޓާއިން ބުނެފައިވަނީ މި ތުހުމަތުތަކަކީ ހަގީގަތާ އެއްގޮތް ނޫން ކަމަށެވެ. މެޓާއިން ބުނާ ގޮތުގައި ސޯޝަލް މީޑިއާ މާކެޓުގައި ޓިކްޓޮކް، ޔޫޓިއުބް އަދި އެޕަލްގެ މެސެޖިންގ ސަރވިސްތައް ފަދަ ބޮޑެތި ވާދަވެރިންނާ ކުރިމަތިލާން ޖެހެއެވެ.      

މި ލިޔުން ކިޔާލުމުން

Ads by MSS