Ads by Aqeeqa Maldives

ޚަބަރު

ސިއްރުން އެތެރެކުރަން އުޅުނު ލައްކައަކަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި

ސިއްރުން އެތެރެކުރަން އުޅުނު ލައްކައަކަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި

ސިއްރުން އެތެރެކުރަން އުޅުނު ސިނގިރޭޓު

farudhun logo

ފަރުދުން

20 އޭޕްރީލު 2025، 01:26

20 އޭޕްރީލު 2025، 01:26

ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ވިދާޅުވީ މި ތަކެތި އަތުލައިގަތީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން މި މަހުގެ 19ވަނަ ދުވަހު ކަމަށެވެ. މި އޮޕަރޭޝަންގައި މުޅި ޖުމްލަ 130،155 ސިނގިރޭޓު ވަނީ އަތުލައިގެންފައެވެ.

ފުލުހުން ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުންވެސް ހުއްދަ ނެތި ސިނގިރޭޓް އެތެރެކުރަން އުޅުނު ދެ މީހަކުވެސް މިދިޔަ މަހު އަތުލައިގެންފައިވާ ކަމަށެވެ. މީގެ އިތުރުން ޖެނުއަރީ މަހުގެ 31ވަނަ ދުވަހުގައިވެސް މާލޭގައި ސިނގިރޭޓު އުފައްދަމުންދާކަމަށް ތުހުތުކުރެވޭ ތަނެއް ބަލައި ފާސްކޮށް 103 ފޮށިގަނޑު އަތުލައިގެންފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.

މި އޮޕަރޭޝަނުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ހެންވޭރު ގެއެއްގައި ހިންގާ ޕްރައިވެޓް އޮފީހެއްގެ ތެރޭގައި ސިނގިރޭޓު އުފައްދާކަމަށް ލިބިފައިވާ މަޢުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައި ފާސްކޮށްފައެވެ. މި އޮޕަރޭޝަނުގައި އެތަނުން ގިނަ އަދަދެއްގެ ކާޑްބޯޑު ފޮށިގަނޑުތަކެއް ފުލުހުން ވަނީ އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS