Ads by Aqeeqa Maldives

ޚަބަރު

ފަރުދުން މީޑިއާގެ  "ބަބުޅި" ކުރުވާހަކަ މުބާރާތުގެ ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް ފައިސާގެ އިނާމާއި ހަނދާނީލިޔުން ޙަވާލުކޮށްފި

ފަރުދުން މީޑިއާގެ  "ބަބުޅި" ކުރުވާހަކަ މުބާރާތުގެ ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް ފައިސާގެ އިނާމާއި ހަނދާނީލިޔުން ޙަވާލުކޮށްފި

"ބަބުޅި" ކުރުވާހަކަ މުބާރާތުގެ ވަނަވަނަ އަށް ދިޔަ ފަރާތްތައް ފޮޓޯ:ފަރުދުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 އޭޕްރީލު 2025، 08:51

19 އޭޕްރީލު 2025، 08:51

ފަރުދުން މީޑިއާގެ ފަރާތުން މިދިޔަ ރަމަޟާންމަހު ބޭއްވި "ބަބުޅި" ކުރުވާހަކަ މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ފައިސާގެ އިނާމާއި ހަނދާނީލިޔުން ޙަވާލުކޮށްފިއެވެ. މި މުބާރާތުގައި އެއްވަނައަށް ދިޔައީ އާމިނަތު ޝީޒާގެ "ގާތިލު" މި ވާހަކައެވެ. ދެވަނައަށް ދިޔައީ ޢާއިޝަތު ލިޔުސާގެ "ބަދުދުޢާ" އެވެ. އަދި ތިންވަނައަށް ދިޔައީ ޢަލީ ޝަހީމްގެ "ހެޔޮ ބަދަލު" މި ވާހަކައެވެ.

ފަރުދުން މީޑިއާގެ 

މުބާރާތުން އެއްވަނަ ހާސިލްކުރެއްވި ޢައިޝަތު ޝީޒާ ގެ ބަދަލުގައި އިނާމާ ހަވާލުވެލެއްވި ފަރާތް

މުބާރާތުގެ އެއްވަނައަށް ދިޔަ ފަރާތަށް 5000 ރުފިޔާގެ ފައިސާގެ އިނާމާއެކު ހަނދާނީ ލިޔުމާއި ޓްރޮފީ ދެވުނެވެ. ދެވަނައަށް ދިޔަ ފަރާތަށް 3000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ދެވުނެވެ. އަދި ތިންވަނައަށް ދިޔަ ފަރާތަށް 2000 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުން ވަނީ ދެވިފައެވެ.

މި މުބާރާތުގައި ބައިވެރިން ހުށައަޅައި ވާހަކަތަކަށް އިންސާފުކުރެވިފައިވަނީ ، ލިޔުންތެރިކަމަށް ބަލައި މާރކްސް ދީގެންނެވެ. އެގޮތުން، ހުށަހަޅާފައިވާ ވާހަކަތަކުގެ ތެރެއިން އެންމެ މޮޅު 30 ވާހަކަ  ވަނީ ހޮވާފައެވެ. އަދި މިގޮތުން ހޮވާލެވުނު 30 ވާހަކަ، ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ފަރުދުން މީޑިއާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން ވަނީ ގެނެސްދީފައެވެ. މުބާރާތުގެ ވަނަ ވަނައަށްދާ ވާހަކަތައް  ހޮވާފައިވަނީ މި 30 ވާހަކައިގެ ތެރެއިންނެވެ. 

ފަރުދުން މީޑިއާގެ 

ބަބުޅު މުބާރާތުން 2 ވަނަ ހާސިލް ކުރެއްވި އައިޝަތު ލިއުސާ

މި މުބާރާތް ކުރިއަށް ގެންދެވުނީ ފަރުދުން މީޑިއާގެ ފަރާތުން މުޅި ރާއްޖެއަށް އާންމުކޮށް ހުޅުވާލައިގެން،  ވާހަކަ ލިޔެފައި ފޮނުވުމުން، ފަރުދުން މީޑިއާއިން އެ ވާހަކަތަކުގެ އޯޑިއޯ ތައްޔާރުކޮށްގެންނެވެ. މީގެ އިތުރުން، މުބާރާތުގައި އެއްވަނައަށް ދިޔަ ފަރާތަށް ފަރުދުން މީޑިއާގައި ވާހަކަ ލިޔުމުގެ ފުރުޞަތުވެސް ލިބިގެންދިޔައެވެ.

ފަރުދުން މީޑިއާގެ 

މުބާރާތުން ތިންވަނަ ހާސިލްކުރެއްވި ޢަލީ ޝަހީމްގެ ބަދަލުގައި އިނާމާއި ހަވާލުވެލެއްވި ފަރާތް

މި މުބާރާތަކީ ދިވެހި ބަހުގެ ކުރުވާހަކަ ލިޔުމުގެ ހުނަރު ކުރިއެރުވުމަށާއި، ޒުވާން ލިޔުންތެރިންނަށް ފުރުޞަތު ހޯދައިދިނުމަށް ފަރުދުން މީޑިއާއިން ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތެކެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS