ދުނިޔެ

އެމެރިކާއިން ފަލަސްތީނަށް ތާއީދުކުރާ 1,500  ދަރިވަރުންގެ ވިސާ ބާތިލުކޮށްފި

އެމެރިކާއިން ފަލަސްތީނަށް ތާއީދުކުރާ 1,500  ދަރިވަރުންގެ ވިސާ ބާތިލުކޮށްފި

އެރމެރިކާގައި ކުރިއަށްދިޔަ އެއްވުމެއް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 އޭޕްރީލު 2025، 04:31

19 އޭޕްރީލު 2025، 04:31

އެމެރިކާ ސަރުކާރުން ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާތަކުގައި ބައިވެރިވި ގާތްގަނޑަކަށް 1,500  ދަރިވަރުންގެ ވިސާ ބާތިލުކޮށްފިއެވެ. މި ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުންނަކީ މުޒާހަރާތަކުގައި ބައިވެރިވި ނުވަތަ ސޯޝަލް މީޑިއާގައި ޣައްޒާއަށް ތާއީދުކޮށް ޕޯސްޓު ކުރި ދަރިވަރުންކަމަށް ބުނެވެއެވެ.

އެމެރިކާގެ އިމިގްރޭޝަން އޮފިޝަލުން ބުނާ ގޮތުގައި މި ދަރިވަރުންނަކީ ޔަހޫދީންނާ ދެކޮޅު ހަރަކާތްތަކުގައި ބައިވެރިވެ، ޔުނިވަރސިޓީތަކުގައި ހަމާސްއަށް ތާއީދުކުރި ދަރިވަރުންނެވެ. ނަމަވެސް ދަރިވަރުންނާއި، ވަކީލުންނާއި އަދި އިޖުތިމާއީ ހަރަކާތްތެރިން މި ތުހުމަތުތައް ދޮގުކޮށް ބުނެފައިވަނީ އެމީހުންގެ ހަރަކާތްތަކަކީ އެއްވެސް ހައްދުފަހަނައަޅާފައިވާ ޖަމާއަތަކާ ގުޅުން ހުރި ކަންކަމެއް ނޫން ކަމަށެވެ.

އެމެރިކާ ސަރުކާރުން ފުރަތަމަ މާރިޗު މަހުގެ ފަހުކޮޅު 300 ދަރިވަރެއްގެ ވިސާ ބާތިލުކުރުމަށް އެދުނު ނަމަވެސް، މިހާރު އަސަރުކޮށްފައިވާ ދަރިވަރުންގެ އަދަދު ވަނީ އެއަށްވުރެ މާ ބޮޑުތަން އިތުރުވެފައެވެ. އިމިގްރޭޝަން ލޯޔަރުންގެ އެސޯސިއޭޝަނުން ރިޕޯޓުކޮށްފައިވާ ގޮތުގައި 4,700 ދަރިވަރުން ވަނީ އެމެރިކާގެ އިމިގްރޭޝަން ޑޭޓާބޭސްއިން ފޮހެލެވިފައެވެ.

އޭޕްރިލް 17 ގެ ނިޔަލަށް، "އިންސައިޑް ހަޔަރ އެޑިޔުކޭޝަން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި 1,489 ދަރިވަރެއްގެ ވިސާ ވަނީ ބާތިލުކުރެވިފައެވެ. މީގެ ތެރޭގައި ހާވަޑް އަދި ސްޓޭންފޯޑް ފަދަ މަޝްހޫރު ޔުނިވަރސިޓީތަކާއެކު އެމެރިކާގެ 240 ސްކޫލް އަދި ޔުނިވަރސިޓީގެ ދަރިވަރުން ހިމެނެއެވެ. މީގެ އިތުރުން އޮހައިއޯ ސްޓޭޓް ޔުނިވަރސިޓީ އަދި ޔުނިވަރސިޓީ އޮފް މެރިލޭންޑްގެ ދަރިވަރުންވެސް މި ލިސްޓުގައި ހިމެނެއެވެ.

މާރިޗު މަހުގެ ފަހުކޮޅު ދެއްވި ބަޔާނެއްގައި އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ ވިދާޅުވެފައިވަނީ  ދަރިވަރުން އެމެރިކާއަށް އަންނަނީ ކިޔެވުމަށް ކަމަށާއި، ތަޢުލީމީ މަަރުކަޒުތަކުގެ މަސައްކަތަށް ހުރަސްއެޅޭ ގޮތަށް ސިޔާސީ އަރައިރުންތަކުގައި ބައިވެރިވުމަށް ނޫން ކަމަށެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS