ކޮލަމް

ނަވާޒް ޝަރީފަށް، ރަވީނާ ޓަންޑަންގެ ފަރާތުން: އިންޑިިންޑިއާގެ އެއާރ ފޯސްއިން ޕާކިސްތާނަށް ފޮނުވި މިސައިލެއް

ނަވާޒް ޝަރީފަށް، ރަވީނާ ޓަންޑަންގެ ފަރާތުން: އިންޑިިންޑިއާގެ އެއާރ ފޯސްއިން ޕާކިސްތާނަށް ފޮނުވި މިސައިލެއް

އިންޑިއާއިން ޕާކިސްތާން އަށް ފޮނުވި މިސައިލް ފޮޓޯ:އިންޓާނެތް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 އޭޕްރީލު 2025، 04:21

19 އޭޕްރީލު 2025، 04:21

އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި 1999 ވަނަ އަހަރު ހިނގި ކާގިލް ހަނގުރާމައިގެ ތެރޭގައި، އިންޑިއާގެ އެއާރ ފޯސްއިން ޕާކިސްތާނަށް ރަވީނާގެ ނަމުގައި މިސައިލެއް ފޮނުވިކަން އެނގޭތަ؟ މި މިސައިލްގައި ލިޔެފައި އޮތީ "ނަވާޒް ޝަރީފަށް ރަވީނާ ޓަންޑަންގެ ފަރާތުން" މިހެންނެވެ.

އިންޑިއާގެ މަޝްހްހޫރު ފިލްމީ ތަރި ރަވީނާ ޓަންޑަން ވެސް ވަނ މިކަމާ ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފައެވެ. އެކްސްގައި ބޭއްވި އިންޓަރެކްޓިވް ސެޝަނެއްގައި ރަވީނާ ބުނެފައިވަނީ މި ހާދިސާ އޭނާއަށް ފެނުނީ މާ ފަހުންކަމަށެވެ.

މިކަމާ ގުޅިގެން ރަވީނާ ބުނެފައިވަނީ އޭނާ މުޅި ދުނިޔެއަށް ދޭނެ ލަފައަކީ، ލޯބިން އަދި ވާހަކަ ދައްކައިގެ އެއްވެސް ކަމެއް ހައްލުކުރެވޭނެ ނަމަ އެކަން އެގޮތަށް ކުރުމަށެވެ. ލޭގެ ކުލައަކީ ދެފަރާތުގައިވެސް ރަތް ކުލައެވެ. އެއްވެސް މީހަކު އެއްވެސް މަންމައަކު އެމީހެއްގެ ދަރިން ގެއްލުމާމެދު ފަޚުރުވެރިއެއް ނުވާނެ ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ކާގިލް ހަނގުރާމައިގެ ތެރޭގައި، ޕާކިސްތާނުގެ ސިފައިން އިންޑިއާގެ ސިފައިންގެ ހަށިގަނޑުތައް ދޫކޮށްލުމުގެ  ބަދަލެއްގެ ގޮތުގައި ރަވީނާ ޓަންޑަން އަދި މަދުރީ ދީކްޝިތް ބޭނުންވާކަމަށް މަޖަލަކަށް ބުނުމާ ގުޅިގެންނެވެ. އޭރު ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގައި ހުންނެވި ނަވާޒް ޝަރީފްއަށް ރަވީނާއަށް ކަމުދާކަން ހާމަކުރައްވާފައިވާތީ، އިންޑިއާގެ އެއާރ ފޯސްއިން މި ފުރުސަތުގެ ބޭނުން ހިފީއެވެ.

ރަވީނާ ޓަންޑަނަކީ 1990 ގެ އަހަރުތަކުގައި އިންޑިއާގެ ފިލްމީ ދާއިރާގައި ވަރަށް މަޤްބޫލު ތަރިއެކެވެ. އޭނާ މިހާރު އުމުރުން 49 އަހަރުވެފައިވީ ނަމަވެސް، އޭނާގެ ރީތިކަން ދެމިހުރިކަން ފާހަގަކުރެވެއެވެ. އޭނާގެ ފިލްމީ ކެރިއަރގައި "މޮހްރާ"، "އަންދާޒް އަޕްނާ އަޕްނާ"، އަދި "ކިލާޑިޔޯން ކާ ކިލާޑީ" ފަދަ މަޝްހޫރު ފިލްމުތަކުގައި ތަމްސީލުކޮށްފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS