Ads by Aqeeqa Maldives

ޚަބަރު

ހުޅުދުއްފާރަކީ އާބާދީއާ ތަރައްޤީ އެއްފަސްކުރި ރަށްތަކުގެ ތެރެއިން ނަމޫނާ ރަށެއް: ވަޒީރު އާދަމް ޝަރީފު

ހުޅުދުއްފާރަކީ އާބާދީއާ ތަރައްޤީ އެއްފަސްކުރި ރަށްތަކުގެ ތެރެއިން ނަމޫނާ ރަށެއް: ވަޒީރު އާދަމް ޝަރީފު

ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ފޮޓޯ:ކޯޕަރޭޓް މޯލްޑިވްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 އޭޕްރީލު 2025، 03:33

19 އޭޕްރީލު 2025، 03:33

ރ. އަތޮޅު ހުޅުދުއްފާރަކީ އާބާދީއާ ތަރައްޤީ އެއްފަސްކުރި ރަށްތަކުގެ ތެރެއިން ނަމޫނާ ރަށެއްކަމަށް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ހުޅުދުއްފާރުގައި ރަސްމީކޮށް މީހުން ދިރިއުޅެން ފެށިތާ 30 އަހަރު ފުރުން ފާހަގަކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު ޢުމަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި އެ ރަށުގެ ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވާފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި ހުޅުދުއްފާރަކީ ގިނަ ބަޔަކަށް އަމާޒުކޮށްގެން ކުރާ ކަންތައްތައް، އެންމެ ފަސޭހައިން އަތޮޅުގައި އިންތިޒާމުކުރެވޭ އަދި އެންމެ ރަނގަޅަށް އެ ފަދަ ކަންކަމަށް މަރުޙަބާކިޔާ ރަށެކެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ހުޅުދުއްފާރަށް ހިޖުރަކޮށްފައިވާ ރަށްތަކުގެ ރައްޔިތުންގެ ކިބައިގައި ހުރި ޚާއްޞަ ސިފަތަކެއްގެ ސަބަބުން މި ރަށަކީ ނަމޫނާ ރަށަކަށް ވެފައިވާ ކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުމާއި، ޢިލްމީ ގޮތުންނާއި މަސައްކަތްތެރިކަމުގެ ގޮތުން ޤާބިލް ޒުވާނުންތަކެއް އުފެދިފައިވުން ހިމެނެއެވެ.

ހުޅުދުއްފާރަކީ ސަރުކާރުގެ އާބާދީއާ ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ތަރައްޤީކުރި އަދި މިހާރުވެސް ތަރައްޤީގެ މަޝްރޫޢޫތައް ކުރިއަށްދާ ރަށެކެވެ. މި އަހަރުގެ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުދުއްފާރަށް ކުރެއްވި ދަތުރުފުޅުގައި، ރަށުގެ ބަނދަރުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި، ސްކޫލަށް ބޭނުންވާ ޖާގަ ހިމެނޭ ގޮތަށް ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެައެވެ.

މީގެ 30 އަހަރު ކުރިން ފަޅުރަށެއްގެ ގޮތުގައި އޮތް ހުޅުދުއްފާރުގައި 1993 ވަނަ އަހަރުން ފެށިގެން އުނގުލާއި ގާއުނޑޫދޫގެ މީހުން ދިރިއުޅެން ފެށިއެވެ. ނަމަވެސް މި ރަށަކީ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ރަސްމީކޮށް އިޢުލާން ކުރެވުނީ 1995 ވަނަ އަހަރުގެ މާރޗް މަހު 13 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ފަރާތުންނެވެ.

މިއަދު ހުޅުދުއްފާރަކީ ރ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ރަށްތަކުގެ ތެރެއިން ރަށެކެވެ. މި ރަށުގެ ތަރައްޤީގެ ދުވެލި ހަލުވިވެ، އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން ކުރިއަރަމުން އައިސްފައިވާކަން ފާހަގަކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS