Ads by Aqeeqa Maldives

ޚަބަރު

ސީއެފްއެންއޭގެ މަންދޫބުން ހުޅުމާލޭގައި ލަނޑާ ހިއްކުމުގެ މަސައްކަތް ބައްލަވާލައްވައިފި

ސީއެފްއެންއޭގެ މަންދޫބުން ހުޅުމާލޭގައި ލަނޑާ ހިއްކުމުގެ މަސައްކަތް ބައްލަވާލައްވައިފި

ސީއެފްއެންއޭގެ މަންދޫބުން ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 އޭޕްރީލު 2025، 03:16

19 އޭޕްރީލު 2025، 03:16

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ ވިޔަފާރި އެއްބަސްވުމުގެ (އެފްޓީއޭ) ދަށުން ލިބޭ ފުރުޞަތުތައް ބޭނުންކޮށްގެން ޗައިނާއަށް މަސްވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓުކުރުން އިތުރުކުރުމުގެ މަސައްކަތް ދިވެހިރާއްޖެއިން ދަނީ ކުރަމުންނެވެ.

ޗައިނާގެ ޗެމްބަރ އޮފް ކޮމާސް އޮފް ފުޑްސްޓަފްސް އެންޑް ނޭޓިވް ޕްރޮޑިއުސް (ސީއެފްއެންއޭ) ގެ ވަފުދެއް 14 އޭޕްރިލްގައި ރާއްޖެއަށް ޒިޔާރަތްކޮށް، އެފްޓީއޭގެ ދަށުން ލިބޭ ފުރުޞަތުތައް ދިރާސާކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. މި ވަފުދުން ބުރާސްފަތި ދުވަހު ދިވެހި ލަނޑާ އެކްސްޕޯޓަރުންނާ ބައްދަލުކޮށް، ލަނޑާ ހިމެނޭ ގޮތަށް މަހުގެ އުފެއްދުންތައް ޑިއުޓީ ފްރީކޮށް ޗައިނާގެ ބާޒާރަށް ވެއްދުމުގެ ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ.



މި ބައްދަލުވުމުގައި މިހާރު ދިވެހި އެކްސްޕޯޓަރުން ދިމާވާ ލޮޖިސްޓިކަލް ގޮންޖެހުންތަކާއި، ސީއެފްއެންއޭގެ އެހީތެރިކަމާއެކު އެ ގޮންޖެހުންތައް ހައްލުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

ސީއެފްއެންއޭގެ ވަފުދުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ އިސްވެރިންނާވެސް ބައްދަލުކޮށްފައިވެއެވެ.

2014 ގައި ސޮއިކުރެވި 2017 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެފްޓީއޭގެ ތަންފީޒު 2018 ގައި ވަނީ ހުއްޓާލާފައެވެ. ނަމަވެސް 2023 ގެ ނޮވެމްބަރުގައި ރައީސްކަމާއި ހަވާލުވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ސަރުކާރުން އެފްޓީއޭ އަލުން ތަންފީޒުކުރުމަށް މަސައްކަތްކޮށް، 2024 ގެ ޖަނަވަރީ 1 އިން ފެށިގެން އެއްބަސްވުން ވަނީ ފުރިހަމައަށް ތަންފީޒުކުރަން ފަށާފައެވެ.

އެފްޓީއޭގެ ދަށުން ދިވެހިރާއްޖޭގައި އުފައްދާ އަދި ޕްރޮސެސްކުރާ ހުރިހާ މަހުގެ އުފެއްދުމެއް ޗައިނާއަށް އެކްސްޕޯޓުކުރެވޭނީ ސުމެއްގެ ޓެރިފްގައެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ އެންމެ ބޮޑު އެކްސްޕޯޓު ކޮމޮޑިޓީ ކަމުގައިވާ މަހުގެ އުފެއްދުންތަކުގެ އެކްސްޕޯޓު ވިޔަފާރި އިތުރަށް ފުޅާވެގެންދާނެއެވެ.
                    

                    

މި ލިޔުން ކިޔާލުމުން

Ads by MSS