Ads by Aqeeqa Maldives

ޚަބަރު

ޕެރޭޑް ނިމެންދެން ބައެއް މަގުތަކުގައި އުޅަނދު ޕާކު ނުކުރުމަށް އިލްތިމާސްކޮށްފި

ޕެރޭޑް ނިމެންދެން ބައެއް މަގުތަކުގައި އުޅަނދު ޕާކު ނުކުރުމަށް އިލްތިމާސްކޮށްފި

ޕެރޭޑް ކުރިއަށްދާ މަތުތަށް ފާހަގަކޮސްފައިވާ ޗާޓު ފޮޓޯ:ފުލުހުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 އޭޕްރީލު 2025، 01:53

19 އޭޕްރީލު 2025، 01:53

ދިިވެހި ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ ޕެރޭޑަށް ތައްޔާރުވުމުގެ ގޮތުން، ޕެރޭޑް ރޫޓުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ. މި ޕެރޭޑް ނިމެންދެން ޗާޓުގައި ފާހަގަކޮށްފައިވާ މަގުތަކުގައި އުޅަނދު ޕާކު ނުކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައިވެއެވެ.

ސިފައިންގެ ފަރާތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއަދު ހަވީރު 16:15 ގައި ބަންޑާރަކޮށިން ފެށިގެން މަގުމަތީ ހިނގާލުމެއް ކުރިއަށްދާނެއެވެ. މި ހިނގާލުމުގައި ލަޝްކަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކައިރިއަށް އައުމުން، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު މި ހިނގާލުން ޝަރަފުވެރިކޮށްދެއްވާނެއެވެ.



މާލޭގެ ކަނޑައެޅިފައިވާ މަގުތަކުން ކުރިއަށްދާ މި ހިނގާލުމުގައި ފަސް ސަރަހައްދެއްގައި ލަޝްކަރު މަޑުކުރާނެ ކަމަށް ސިފައިން ވިދާޅުވެފައިވެއެވެ. އެއީ އަމީރު އަޙްމަދު މަގު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތި، ސޯސަން މަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅި، މަޖީދީމަގު މިލިޔަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމައްޗެވެ. ކޮންމެ ހުއްޓުމެއްގައިވެސް އަސްކަރީ ބޭންޑުގެ ރީތި ރާގުތައް އިވިގެންދާނެ ކަމަށް ސިފައިން ވަނީ ހާމަކުރައްވާފައެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS