Ads by Aqeeqa Maldives

ޚަބަރު

މާލޭގައި ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތް މީހަކަށް ފަރުވާދެނީ

މާލޭގައި ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތް މީހަކަށް ފަރުވާދެނީ

މާލެ- ފޮޓޯ: އިންޓަރނެޓް

farudhun logo

ފަރުދުން

18 އޭޕްރީލު 2025، 05:13

18 އޭޕްރީލު 2025، 05:13

މާލޭގައި ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓި އަނިޔާވެގެން ފަރުވާދޭން ފަަށައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހެންވޭރުގައި ހުރި ގެއެއްގެ ފުރާޅު މައްޗަށް މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 7:23 ހާއިރު ކަމަށެވެ. ވެއްޓިފައި އޮތްވާ ފެނުނީ 21 އަހަރުގެ ދިވެހި އަންހެނެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެމްއެންޑީއެފުގެ ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމާ އެކު، އެ މީހާ ނަގައިގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި އެ ތަނުގައި ފަރުވާދެމުން އަންނަ ކަމަށެވެ. މި މައްސަލައާއި ގުޅޭ އިތުރު ތަފުސީލެއް ފުލުހުން މީޑިއާއާ އަދި ހިއްސާއެއް ނުކުރެއެވެ. 

ފުލުހުން ދަނީ މި މައްސަަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS