Ads by Aqeeqa Maldives

ޚަބަރު

ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ރައްޔިތުންގެ ދުޅަހެޔޮކަން: ރައީސް

ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ރައްޔިތުންގެ ދުޅަހެޔޮކަން: ރައީސް

ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު- ފޮޓޯ: ރައީސް އޮފީސް

މިންނާ ޢަބްދުލްޙަކީމް

މިންނާ ޢަބްދުލްޙަކީމް

18 އޭޕްރީލު 2025، 02:55

18 އޭޕްރީލު 2025، 02:55

ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ރައްޔިތުންގެ ދުޅަހެޔޮކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހި ޑޮކްޓަރުންގެ ދުވަހުގެ މުނާސަބާގައި ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގަ ވިދާޅުވީ، ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ރައްޔިތުންގެ ދުޅަހެޔޮކަން ކަމަށެވެ. އެގޮތުން، ޞިއްޙީ ޚިދުމަތް ހަރުދަނާ ކުރުމަށް ކުރައްވާ މަސައްކަތުގައި ދިވެހި ޑޮކްޓަރުން ދެއްވާ މަޝްވަރާއާއި އެއްބާރުލެއްވުމަށްރައީސް ވަނީ ޝުކުރު ދަންނަވާފައެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ޕޯސްޓުގައި ދިވެހި ޑޮކްޓަރުންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ޞިއްޙީ ޚިދުމަތުގެ ދާއިރާގައި މަސައްކަތް ކުރައްވާ މުޅި ޢާއިލާއަށް ފޮނުއްވާފައިވެއެވެ. 



މި ލިޔުން ކިޔާލުމުން

Ads by MSS