Ads by Aqeeqa Maldives

ޚަބަރު

މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު އާދިއްތަ ދުވަހު ހުޅުވާލަނީ

މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު އާދިއްތަ ދުވަހު ހުޅުވާލަނީ

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 އޭޕްރީލު 2025، 04:33

17 އޭޕްރީލު 2025، 04:33

މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކުރައްވައިފިއެވެ. މި ފުރުޞަތު ހުޅުވާލަނީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.

ރައީސް އޮފީހުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، އަންނަ އާދިއްތަ ދުވަހުން ފެށިގެން މެއި މަހުގެ 29 ވަނަ ދުވަހާ ހަމައަށް އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ. ފޯމު ފޮނުވަންޖެހޭނީ ޤައުމީ އިނާމާ ބެހޭ ކޮމިޓީއަށް އެޑްރެސްކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.

ޤައުމީ އިނާމާބެހޭ ކޮމިޓީން ވަނީ އިނާމަށް އެދި ފޯމު ހުށަހަޅާއިރު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފޮނުވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދިވަޑައިގެންފައެވެ. މިއަހަރު ޤައުމީ އިނާމަށް ހުޅުވާލަނީ މައިގަނައިގަނޑު 39 ދާއިރާއަކުންނެވެ.

ކުރީގެ އަހަރުތަކެކޭ އެއްގޮތަށް، މިއަހަރުވެސް އަމިއްލަ ފަރާތްތަކަށާއި، އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށާއި، ކުންފުނި، ޖަމްޢިއްޔާ ޖަމާޢަތް ފަދަ ތަންތަނަށް ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް ނަން ހުށަހެޅޭނެއެވެ. މީގެ އިތުރުން، ސަރުކާރުގެ އިދާރާތަކަށާއި މިނިވަން މުއައްސަސާތަކަށްވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.


މި ލިޔުން ކިޔާލުމުން

Ads by MSS