Ads by Aqeeqa Maldives

ޚަބަރު

މަސްތުވާތަކެއްޗާއެކު ކުރެންދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ކުރެންދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ކުރެންދޫން ހައްޔަރުކުރި މީހާ- ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް

މިންނާ ޢަބްދުލްޙަކީމް

މިންނާ ޢަބްދުލްޙަކީމް

16 އޭޕްރީލު 2025، 12:18

16 އޭޕްރީލު 2025، 12:18

މަސްތުވާތަކެއްޗާއެކު ޅ.ކުރެންދޫން މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ޅ. ކުރެންދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

 އެގޮތުން މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޅ.ކުރެންދޫ / މަޒާ، ޢަބްދުލްޤައްޔޫމް އިބްރާހީމް (40އ) އެވެ.

ފުލުހުން ވިދާޅުވީ މިމަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، ކުރެންދޫ ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށެވެ. އަދި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 30 ގުރާމް ކަމަށްވެސް ފުލުހުން ހާމަކުރައްވާފައި ވެއެވެ. 

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށާއި، މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާކަމަށްވެސް ވިދާލުވިއެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS